ކ. މާލެ
|
25 އޭޕްރިލް 2018 | ބުދަ 21:20
މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު
މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު
ރާއްޖެ އެމްވީ
މާލެ ތޮއްޖެހުން
މާލޭގައި އުޅޭ މީހުންގެ ހާލު ރައީސް ޔާމީނަށް ނޭނގޭކަން ފަޅާއަރައިފި: އަބްދުﷲ ޝާހިދު
ގިނަ މީހުން ނިދަނީ ދަންފަޅި ބަހައިގެން
ރަޙުމެއް ހުރި ނަމަ ރައްޔިތުންނާ ހަމަޔަށް ވަޑައިގެން ބައްލަވާ
މާލެ ތޮއްޖެހިފައިވާ ކަމަށް ޤަބޫލުނުކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުން

ވެރިރަށް މާލޭގައި މީހުން ދިރިއުޅޭ ނިކަމެތި ޙާލު ކުޑަކޮށް ވެސް ރައީސް ޔާމީނަށް އެނގިވަޑައި ނުގަންނަވާކަން ފަޅާއަރައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި އެމަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މާލެ ތޮއްޖެހިފައި ވާކަމަށް ޤަބޫލުނުކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެން ޝާހިދު ވިދާޅުވީ "ތިޔަ ފަޅާއެރީ މާލޭގައި މީހުން ދިރިއުޅޭ ނިކަމެތި ޙާލު ކުޑަކޮށް ވެސް ނޭނގޭކަން" ކަމަށާއި، ގިނަ މީހުން ނިދަނީ ދަންފަޅި ބަހައިގެން ކަމަށެވެ. 

ޝާހިދު ވިދާޅުވީ މުޅި މާލެ ގޮނޑަކަށް ވެއްޖެ ކަމަށެވެ. އަދި ފިތިބާރުވެ، ނޭވާލަނީ އެކަކު އަނެކަކު މޫނަށް ކަމަށާއި، މުޅި ރަށުގައި އޮތީ ރޯގާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ރަޙުމެއް ހުރި ނަމަ ރައްޔިތުންނާ ހަމަޔަށް ވަޑައިގެން ބެއްލެވުމަށް ޝާހިދު ގޮވާލެއްވިއެވެ. 

މާލެ ތޮއްޖެހިފައިވާ ކަމަށް ޤަބޫލުނުކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެން ޝާހިދުގެ އިތުރުން މާލެ ތަމްސީލްކުރައްވާ މަޖިލީހުގެ އެހެން ބައެއް މެމްބަރުންނާއި، މާލޭ ސިޓީ ކައުންސިލްގެ އިތުރުން ޢާއްމު އެތައް ރައްޔިތުންނެއް ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. 

އެގޮތުން ރައީސް ޔާމީންގެ ވާހަކަފުޅާ ހަވާލާދީ ލިޔެފައިވާ ޚަބަރެއްގެ ސުރުޚީއަކަށް އިޝާރާތްކުރައްވައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ކޮންމެ ހެޑްލައިނަކުން ފެނިގެންދަނީ ދައުލަތުގެ މޮޔަ ސިފަ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
26 އޭޕްރިލް 2018 | ބުރާސްފަތި 02:04
ހ މ ޒ
އެކެއް ފެބްރުއަރީގެ ބަޣާވަތް ނާކާމިޔާބުވީ ސިފައިންގެ އިހްލާސްތެރިކަމާއި ރައީސުލްޖުމްހޫރިއްޔާ ކެތްތެރިކަމާއި އެކު އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން!