ކ. މާލެ
|
25 އޭޕްރިލް 2018 | ބުދަ 19:06
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޔޫރަޕްގެ އިއްތިހަދުގެ ވަފުދާ އެކުގައި ކުރިއަށްގެންދިޔަ ބައްދަލުވުމުގެ ތެރެއިން
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޔޫރަޕްގެ އިއްތިހަދުގެ ވަފުދާ އެކުގައި ކުރިއަށްގެންދިޔަ ބައްދަލުވުމުގެ ތެރެއިން
އެމްޑީޕީ
އީޔޫ - ދިވެހިރާއްޖެ
ޤާނޫނު އަސާސީއަށް ގެންނަން ހުށައެޅި ދީނީ މިނިވަންކަމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް އީޔޫއާ ހިއްސާކޮށްފި
ރާއްޖޭގެ ސިޔާސީ މަޝްރަހުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށްފައިވޭ
ދައުލަތުގެ ބަރުތަކުގެ މިނިވަންކަން ނިގުޅައިގަތުމަށް ކުރާ ކަންތައްތަކުގެ މައުލާމާތު ހިއްސާކޮށްފައިވޭ
މިނިވަން އިންސާފުވެރި އިންތިހާބަކަށް ހުށައެޅި ހުށައެޅުންތަކާއި ގުޅޭގޮތުން މަޝްވަރާކުރި

ދިވެއްސަކު އިސްލާމް ދީން ދޫކޮށްލިޔަސް، އެ މީހެއްގެ ކިބައިން ދިވެހި ރައްޔިތުކަން ނުގެއްލޭ ގޮތަށާއި އެފަދަ މީހުންނަށް ވެސް އިންތިހާބުތަކުގައި ވާދަ ކުރެވޭ އަދި ވޯޓު ވެސް ދެވޭ ގޮތަށް، ގާނޫނުއަސާސީ އާއި ގާނޫނުތައް އިސްލާހު ކުރަން ސަރުކާރަށް ހުށައެޅި ހުށައޭޅުމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް އިދިކޮޅު ފަރާތްތަކުން ޔޫރަޕްގެ އިއްތާހުދާއި ހިއްސާކޮށްފިއެވެ. 

އީޔޫ އިން، އިސްލާހު ކުރަން ދިވެހި ސަރުކާރަށް ހުށަހެޅި ކަންތައްތަކުގެ ތެރެއިން ދީނީ މިނިވަންކަން ލިބޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައުމަށް ބުނާ ބަދަލު ބަލައި ނުގަނެވޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މީގެ ކުރިން ވެސް ވަނީ ބުނެފައެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނީ، އަންގާރަ ދުވަހު ޔޫރަޕްގެ އިއްތިހާދުގެ ވަފުދާއެކުގައި ސްރީލަންކާގައި ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައި ވާކަމަށެވެ. 

ދީނީ މިނިވަންކަން ލިބޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައުމަށް ބުނާ ބަދަލާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކުގެ އިތުރުން ރާއްޖޭގެ ސިޔާސީ މަސްރަހުގެ މައުލޫމާތު ޔޫރަޕްގެ އިއްތިހާދުގެ ވަފުދާ ހިއްސާކޮށްފައިވާ ކަމަށް ޕާޓީތަކުން ބުނެއެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މައްޗަށް ދައުވާކޮށް، ހިންގާ ޝަރީއަތްތަކުގެ މައުލޫމާތާއި ދައުލަތުގެ ބާރުތަކުގެ މިނިވަންކަން ނިގުޅައިގަނެ، މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ނެތިކޮށްލުމަށް ކުރާ ކަންތައްތަކުގެ މައުލޫމާތު ވެސް އީޔޫގެ ވަފުދާއި ހިއްސާކޮށްފައި ވާކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެއެވެ. އެގޮތުން އެންޓި ޑިފެކްޝަން ޤާނޫނު ސައްހަކަމަށް ސޫޕްރީމް ކޯޓުން ނިންމި ނިންމުމުގެ މައުލޫމާތު ވެސް އީޔޫގެ ވަފުދާ ހިއްސާކޮށްފައި ވެއެވެ. 

ޕާޓީތަކުން ބުނީ އެކަންކަމުގެ އިތުރުން ރާއްޖޭގައި މިނިވަން، އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، ރިޔާސީ އިންތިހާބުގެ ކުރިން އެ ހާލަތު ބަދަލުކުރަން ޔޫރަޕްގެ އިއްތިހާދުން ސަރުކާރަށް ހުށައެޅި ކަންކަމާ ގުޅޭ ގޮތުން ވެސް ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވާކަމަށެވެ. 

އަންގާރަ ދުވަހު ޔޫރަޕްގެ އިއްތިހާދުގެ ވަފުދާއެކުގައި ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
25 އޭޕްރިލް 2018 | ބުދަ 16:03
ގާދިރު
މިސަރުކާރުން ވަކިބަޔަކުބޮލުގައިތާޖެއްއަޅުވަންކުރާމަސައްކަތްﷲކަމިޔަބެއްނުކުރައްވަނެހައްގައްނަސްރުދެއްވާނެއަބަދުވެސް