ކ. މާލެ
|
25 އޭޕްރިލް 2018 | ބުދަ 17:38
ރ. ކިނޮޅަހު ގެއަކުން ފުލުހުން ހޯދި ސިހުރު ފޮތްތައް
ރ. ކިނޮޅަހު ގެއަކުން ފުލުހުން ހޯދި ސިހުރު ފޮތްތައް
ޕޮލިސް
ފުލުހުން
ރ. ކިނޮޅަހު ގެއަކުން ސިހުރު ހަދަން ބޭނުންކުރާ ފޮތްތަކެއް ފުލުހުން ހޯދައިފި
އަދި މީހަކު ހައްޔަރެއް ނުކުރޭ

ރ. ކިނޮޅަހުގެ ގެއެއް ބަލައި ފާސްކޮށް ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ހޯދައި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިތަކެތި ހޯދާފައި ވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނާއި ރ. އިނގުރައިދޫ ޕޮލިސް ސްޓޭޝަން ގުޅިގެން މި އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ކިނޮޅަހު ގެއެއް ބަލައިފާސްކޮށްގެން ކަމަށެވެ. އަދި އެގެ ބަލައިފާސްކުރިއިރު އެގެއިން ސިހުރު ހެދުމަށް ބޭނުންކުރާ ފޮތްތަކަކާއި ސިހުރު ކަމަށް ބެލެވޭ އެއްޗެއް ލިޔެފައިވާ ކަރުދާސްތަކެއް ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައިނުވާ ކަމަށާއި މި މައްސަލަ އިނގުރައިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް