ކ. މާލެ
|
25 އޭޕްރިލް 2018 | ބުދަ 15:26
ސިފައިންގެ މިދިޔަ އަހަރުގެ އާއިލީ ހަވީރުގެ ތެރެއިން
ސިފައިންގެ މިދިޔަ އަހަރުގެ އާއިލީ ހަވީރުގެ ތެރެއިން
ރާއްޖެ އެމްވީ
ސިފައިންގެ އާއިލީ ހަވީރު
ސިފައިންގެ އާއިލީ ހަވީރު އަންނަ ހުކުރު އަދި ހޮނިހިރުގައި
މި ހަވީރު އޮންނާނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން 18:00 ރަސްފަންނު ބީޗްގައި

ސިފައިންގެ ޙިދުމަތަށް 126 އަހަރު ފުރުމާ ގުޅިގެން ކުރިޔަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ އާއިލީ ހަވީރު އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައިފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އިބްރާހިމް އާޒިމް ވިދާޅުވީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ރަސްފަންނުގައި ބާއްވާ މި ހަވީރުގައި ކުޑަކުދިނަށް ތަފާތު ކުޅިވަރުތައް ކުޅުމާއި މޫދުކުގެ ބައެއް ކުޅިވަވަރުތަކާއި ސިފައިންގެ މަސައްކަތްތަކާ ގުޅޭ ކަން ކަން ދަށްކާލުން ހިމެނޭ އިރު ބަޑިޖެހުމަށް ހާއްސަ ސްޓޯލްއެއް ވެސް ހުންނާނެ ކަމަށެވެ.

ހަވީރުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ވެސް ހަދިޔާއެއް ލިބޭ މި ހަވީރު އާންމުކޮށް ހުޅުވާލެވިފައި ވާއިރު ރަސްފަންނަށް ވަދެވޭން އޮންނަ ކޮންމެ މަގަކުން ވެސް އާއިލީ ހަވީރަށް ވަދެވޭނެއެވެ.

މި ހަވީރު ފެށުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހު ރަސްފަންނު ބީޗްގައި އޮންނަ ހާއްސަ ރަސްމިއްޔާތަކާ އެކުއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
25 އޭޕްރިލް 2018 | ބުދަ 12:07
މައިޝާން
އަހަރެންގެ ދަރިޔަކުވެސް ތިތަނަށް ނުފޮނުވާނަން. އެއްމެ ފޫހިވާ ދެތަން ސިފައިން ފުލުހުން.