ކ. މާލެ
|
25 އޭޕްރިލް 2018 | ބުދަ 15:39
އައިއެމްޓީއެމް ފެއަރ ޓޫރިޒަމް މިނިސްޓްރީން އެންޑޯޒްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އައިއެމްޓީއެމް ފެއަރ ޓޫރިޒަމް މިނިސްޓްރީން އެންޑޯޒްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އައިއެމްޓީއެމް
އައިއެމްޓީއެމް ފެއަރ
އައިއެމްޓީއެމް ފެއަރ ޓޫރިޒަމް މިނިސްޓްރީން އެންޑޯޒްކޮށްފި
ފެއަރ އޮންނާނީ ޖޫން މަހުގެ 23 އިން 24 އަށް
އައިއެމްޓީއެމް ފެއަރގައި ދުނިޔޭގެ 14 ގައުމަކުން 30 ޓުއަ އޮޕަރޭޓަރުން ބައިވެރިވާނެ
ފެއަރގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ބޮލަކަށް 250 ޑޮލަރު ދެއްކުމުން ބައިވެރިވެވޭނެ

ޖޫން މަހުގެ 23 އިން 24 އަށް އާދަރަން ސެލެކްޓް ހުދުރަންފުށި ރިސޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާރކެޓް (އައިއެމްޓީއެމް) ފެއަރ ޓޫރިޒަމް މިނިސްޓްރީ އިން އެންޑޯޒް ކޮށްފިއެވެ.

އައިއެމްޓީއެމް ފެއަރގައި ދުނިޔޭގެ 14 ގައުމަކުން 30 ޓުއަ އޮޕަރޭޓަރުން ބައިވެރިވާނެއެވެ.

މި ފެއަރ ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސް، ލިވަބޯޑްސް، ޓުއަ އޮޕަރޭޓާސް އަދި ޑައިވިން ސްކޫލުތަކަށް ޕްލެޓްފޯމެއް ހުޅުވައިދިނުން ކަމަށާއި މި ފެއާގައި ރާއްޖެއިން 200 ފަރާތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އައިއެމްޓީއެމް އިން ވަނީ ބުނެފައެވެ.

ފެއަރގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް އައިއެމްޓީއެމްގެ ވެބްސައިޓް www.imtmonline.com/visitorregistration މެދުވެރިކޮށް، މެއި މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ޓޫރިޒަމް ފެއަރގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ބޮލަކަށް 250 ޑޮލަރު ދެއްކުމުން ބައިވެރިވެވޭނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް