ކ. މާލެ
|
25 އޭޕްރިލް 2018 | ބުދަ 15:34
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މަޖިލިސް
ރައްޔިތުންެގެ މަޖިލިސް
މިއަދު ބާއްވަން އުޅުނު މަޖިލީހުގެ ޖަލްސާ އާދީއްތަ ދުވަހަށް ފަސްކޮށްފި
އެޖެންޑާ ކުރަނީ ކޮން މައްސަލައެއް ކަމެއް ނޭނގޭ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރު ކުރާ ވާހަކަތަކެއް
މަޖިލިސް ނުބާއްވާތާ މަސް ދުވަސް ވަނީވެފައި

ބުދަ ދުވަހު ބާއްވަން އުޅުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަންނަ ހަފްތާގެ އާދީއްތަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ރާއްޖެއެމްއެވީއަށް އެނގިފައިވާ ގޮތުގައި އާދީއްތަ ދުވަހު މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށް ބުނެ، ސަރުކާރު ކޯލިޝަންގެ މަޖިލިސް މެމްބަރުން މާލޭގައި ތިއްބެވުމަށް ވަނީ އަންގާފައެވެ. ސަރުކާރު ކޯލިޝަންގެ 40 މެމްބަރަކު ހިމެނޭ ވައިބާ ގްރޫޕެއްގައި ނިހާން ވިދާޅުވެފައި ވަނީ އެ ޖަލްސާ ކުރިން ބާއްވަން ނިންމެވީ ބުދަ ދުވަހު ކަމަށެވެ. ނަމަވެސް އެ ޖަލްސާ ނުބޭއްވުނު ސަބަބެއް ނިހާން ވިދާޅުވެފައެއް ނުވެއެވެ.

އާދީއްތަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމާފައިވާއިރު، އެ ޖަލްސާއަށް އެޖެންޑާ ކުރަނީ ކޮން މައްސަލައެއް ކަމެއް އެނގިފައެއް ނުވެއެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރުކުރަން ޕީޕީއެމުން މަސައްކަތް ކުރަން އުޅޭ ކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ.

މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ، މަހަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ. ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުނު ފަހުން ބޭއްވި 10 ޖަލްސާއެވެ.

ގުޅިފައިވާ ޕާޓީތަކުން ތުހުމަތު ކުރާ ގޮތުގައި މަޖިލިސް ބާއްވަމުން ދަނީ ސަރުކާރުން ބޭނުންވާ ކަންކަން ފާސްކޮށްލަން ބޭނުން ކުރާ ޚާއްސަ ތަނެއްގެ ގޮތުގައެވެ. އެގޮތުން ސަރުކާރުން ބޭނުންވާ ބިލްތަކާއި މުއައްސަސާތަކަށް ބޭނުންވާ ބޭފުޅަކު އައްޔަން ކުރުމަށް ފަހު މަޖިލިސް އޮންނަނީ "ހިމޭން" ކުރުވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
25 އޭޕްރިލް 2018 | ބުދަ 10:41
Zs
Gaanonu gai bunaa gothah majilis nuhingaa musaara negeyne tha?? Idhi koklhumeehun keevebaa e massala court ah husha naalhanee