ކ. މާލެ
|
25 އޭޕްރިލް 2018 | ބުދަ 12:12
ޑީއާރުޕީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު
ޑީއާރުޕީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު
ޓްވިޓަރ
ތައިލެންޑްގައި ހުންނަވާ ސަފީރު
މަޖިލީޙުން ރުހުންދިންތާ 10 މަސްފަހުން ކާނަލް ނަޝީދު ތައިލެންޑްގެ ސަފީރު ކަމަށް އައްޔަން ކުރައްވައިފި
މަޖިލީހުން ކާނަލް ނަޝީދަށް ރުހުން ދީފައިވަނީ މިދިއަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު

ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ނިންމަވައި އަދި ރައްޔިތުންގެ މަޖިލީހުން ނަޝީދަށް ރުހުން ދިންތާ 10 މަސް ދުވަސްފަހުން ތައިލެންޑްގެ ސަފީރުކަމަށް އައްޔަން ކުރައްވައިފި އެވެ. 

ނަޝީދަށް މަގާމުގެ ފަތްކޮޅު ރައީސް ޔާމީން ދެއްވީ، މިކަމަށްޓަކައި ބުދަ ދުވަހު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކާނަލް ނަޝީދަށް ރުހުން ދިނުމަށް ފާސްކޮށްފައި ވަނީ 70 މެމްބަރުންގެ އިއްތިފާގުންނެވެ.  

ޑީއާރުޕީގެ ލީޑަރު ކާނަލް ނަޝީދަށް ސަފީރުކަން ދެއްވުމަށް ރައީސް ޔާމީން ނިންމެވީ މިސަރުކާރާއި ގާތް ގުޅުމެއް ބާއްވަން ފެއްޓެވިތާ ކުޑަދުވަސް ކޮޅެއްގެ ތެރޭގައެވެ.

މެމްބަރުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ޑީއާރުޕީން ވަނީ ސަރުކާރާ އެކު ކޯލިޝަން ހަދާފަ އެވެ.

ކާނަލް ނަޝީދަކީ ކުރިން އެމްޑީޕީގެ މެމްބަރެކެވެ. ނަމަވެސް ޑީއާރުޕީ އުފެއްދުމުގައ އިސްކޮށް އުޅުއްވި ހުރިހާ ބޭފުޅުން އެ ޕާޓީ ދޫކޮށް ވަޑައިގެންނެވުމުން، ޑީއާރުޕީގެ ލީޑަރޝިޕާއި ކާނަލް ނަޝީދު ހަވާލުވެވަޑައިގެންނެވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
25 އޭޕްރިލް 2018 | ބުދަ 08:15
ޙާޙާ
މުލިން ހިތްޕުލާ ނުވާކަމެއްކަން ގައިމު