ކ. މާލެ
|
25 އޭޕްރިލް 2018 | ބުދަ 11:25
ރައީސް އޮފީސް ކުރިމަތީގައި ހިނގި އެކްސިޑެންޓް -- ސޯޝަލް މީޑިއާ
ރައީސް އޮފީސް ކުރިމަތީގައި ހިނގި އެކްސިޑެންޓް -- ސޯޝަލް މީޑިއާ
ސޯޝަލް މީޑިއާ
ރޭގެ އެކްސިޑެންޓް
ރޭ މާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އެކަކު ސީރިއަސް
ސީރިއަސް އަނިޔާތަކެއް ލިބިފައި ވަނީ އުމުރުން 44 އަހަރުގެ މ.ވޯޓާޕާލް އިސްމާއިލް ނަސީމްއަށް

އަންގާރަ ދުވަހުގެ ރޭ މާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އެކަކު ސީރިއަސް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އައްފާލު ވިދާޅުވީ، އަންގާރަ ދުވަހުގެރޭ މާލޭގައި ދެސައިކަލެއް ޖެހި ހިނގި އެކްސިޑެންޓް ގައި އަނިޔާވި ދެމީހުން އަންގާރަ ދުވަހުގެރޭ އެ ހޮސްޕޓަލަށް ގެނައި ކަމަށާއި، އޭގެ ތެރެއިން އެކަކަށް ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އަނެއް މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށް ބުންޏެވެ.

ބޮޑުތަކުރުފާނު މަގުން ބާރު ދުވެއްޔެގައި ދެކޮޅަށް ދުއްވާފާ ދިޔަ ދެސައިކަލު ރައީސް އޮފީސް ކުރިމަތީން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައި ވަނީ އަންގާރަ ދުވަހުގެރޭ 23:30 ގައެވެ. މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބިފައި ވަނީ އުމުރުން 44 އަހަރުގެ މ.ވޯޓާޕާލް އިސްމާއިލް ނަސީމް އަށެވެ.

އޭޑިކޭ ހޮސްޕިޓަލް ގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އައްފާލް ވިދާޅުވީ ރޭހިނގާދިޔަ މި އެކްސިޑެންޓް ގައި އަނިޔާ ވި އިސަމާއިލްގެ ހާލު ދެރަ ކަމަށެވެ.

މަންޒަރުދުށް ބައެއް ފަރާތްތަކުން ކިޔައިދިން ގޮތުގައި އެކްސިޑެންޓްގައި ދެމީހުންގެ ވެސް ބޯ ފަޅައިގެން ގޮސްފައިވާއިރު، އެކަކު ވަނީ ހޭނެތިފައެވެ.

މި އެކްސިޑެންޓްގައި ޖެހުނު ދެ ސައިކަލަށް ވެސް ވަނީ ވަރަށް ބޮޑު ގެއްލުންތައް ލިބިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް