ކ. މާލެ
|
25 އޭޕްރިލް 2018 | ބުދަ 08:39
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ
ޓްވިޓަރ
އެސްޓީއޯ އަހަރީ އާންމު ޖަލްސާ
ކުންފުނީގެ ފައިދާއިން ހިއްސާއަކަށް 55ރ. ބަހަން ހުށަހެޅުމަށް ނިންމައިފި
މިދިޔަ އަހަރު ބަހާފައިވަނީ ހިއްސާއަކަށް 51 ރުފިޔާ
އެސްޓީއޯއަކީ ދައުލަތުގެ 81.63 ޕަސަންޓު ހިއްސާވާ ކުންފުންޏެއް

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ފަބްލިކް ލިމިޓެޑް ކުންފުނީގެ 2017 ވަނަ އަހަރުގެ ފައިދާއިން ބަހަން ހުށަހަޅާ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 55ރ. ބަހަން ނިންމައިފި އެވެ.

އެގޮތުން ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 55ރ. ބަހަން ހުށަހެޅުމަށް ނިންމާފައިވަނީ އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުންނެވެ. މި ބައްދަލުވުން ކުރިއަށްގެންގޮސްފައި ވަނީ އަންގާރަ ދުވަހު ބޭއްވި ބޯޑުގެ ބައްދަލުވުން ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

މިދިޔަ އަހަރު ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 51 ރުފިޔާ ބަހާފައިވެ އެވެ.

އެސްޓީއޯގެ އަހަރީ  އާންމު ޖަލްސާ ބާއްވާ ދުވަސް އަދި މިހާތަނަށް ހާމަކޮށްފައި ނުވެ އެވެ.

އެސްޓީއޯއަކީ ދައުލަތުގެ 81.63 ޕަސަންޓު ހިއްސާ އޮންނަ ކުންފުންޏެވެ.

އެސްޓީއޯއަށް 2016 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 301.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެހެން ނަމަވެސް 2015 ވަނަ އަހަރު އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 435 މިލިއަން ރުފިޔާ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް