އަންގާރަ ދުވަހުގެރޭ މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އަންގާރަ ދުވަހުގެރޭ 23:23 ހާއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތިން ބޮޑުތަކުރުފާނު މަގުގައެވެ.
މަންޒަރުދުށް މީހަކު ރާއްޖެއެމްވީއަށް ކިޔައިދިން ގޮތުގައި އެކްސިޑެންޓް ހިގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ދެ ސައިކަލު ކޮންޓްރޯލް ނުވެގެން، ދެ ސައިކަލު ޖެހުމުގެ ސަބަބުންނެވެ.
މި އެކްސިޑެންޓްގައި އަނިޔާވި ދެމީހުންނަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު، މި ދެމީހުންގެ ހާލަތާއި ގުޅޭގޮތުން ރަސްމީ އެއްވެސް ފަރާތަކުން މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މަންޒަރުދުށް ބައެއް ފަރާތްތަކުން ކިޔައިދިން ގޮތުގައި އެކްސިޑެންޓްގައި ދެމީހުންގެވެސް ބޯ ފަޅައިގެން ގޮސްފައިވާއިރު، އެކަކު ވަނީ ހޭނެތިފައެވެ.
މި އެކްސިޑެންޓްގައި ޖެހުނު ދެ ސައިކަލަށްވެސް ވަނީ ވަރަށް ބޮޑު ގެއްލުންތައް ލިބިފައެވެ.