ކ. މާލެ
|
25 އޭޕްރިލް 2018 | ބުދަ 04:31
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
ޕީޕަލް މެގަޒިން
އަލީ ހުސެއިން
ދެރަވަނީ އަޅުގަނޑުމެންގެ އަހުންގެ ކަރުގައި ޖަހާފައި ހުރި ދަންމަޅިތައް ވަރަށް ރީތިކޮށް ބާރުވެ ނިމުމުން: އަލީ ހުސެއިން
އެންޓި ޑިފެކްޝަން ޤާނޫނުގެ ބޭނުމަކީ ރައީސް ޔާމީން އާއެއްކޮށް ތިއްބެވި ރައްޔިތުން މަޖިލީހުގެ މެމްބަރުން ބަނދެ ހައްޔަރުކުރުން
އަޅުގަނޑުމެންގެ އަހުންކަމުގައި ތިއްބެވި ބޭފުޅުން ސަލާމަތް ނުކުރެވުނީތީ އަޅުގަނޑު އެކަމާ ދެރަވަން

ސުޕްރީމް ކޯޓުން އަންގާރަ ދުވަހު ކުރި ހުކުމްގެ ސަބަބުން ދެރަވެވަވަޑައިގަންނަވަނީ ރައްޔިތުން މަޖިލީހުގައި ތިއްބެވި ރައީސް ޔާމީންއަށް ތާއިދުކުރައްވާ މެމްބަރުންގެ ކަރުގައި ޖަހާފައި ހުރި ދަންމަޅިތައް ވަރަށް ރީތިކޮށް ބާރުވެ ނިމުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އަންގާރަ ދުވަހުގެރޭ މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ އެންޓި ޑިފެކްޝަން ޤާނޫނުގެ ބޭނުމަކީ ރައީސް ޔާމީން އާއެއްކޮށް ތިއްބެވި ރައްޔިތުން މަޖިލީހުގެ މެމްބަރުން ބަނދެ ހައްޔަރުކުރުން ކަމުގައެވެ.

"ހަޤީޤަތުގައި އެންޑިޓިފެކްޝަން ޤާނޫނުގެ ބޭނުމަކީ ޔާމީނާއެކީގައި ތިބި ރައްޔިތުން މަޖިލީހުގެ މެމްބަރުން ބަނދެ ހައްޔަރުކުރުން. އެއީ އަޅުގަނޑުމެންނާ ބެހޭ ގާނޫނެއް ނޫން. މިއީ 12 މެމްބަރުންނާ ގުޅުންހުރި ގާނޫނެއް ނޫން. އަޅުގަނޑުމެންގެ އަހުންކަމުގައި ތިއްބެވި ބޭފުޅުން ސަލާމަތް ނުކުރެވުނީތީ އަޅުގަނޑު އެކަމާ ދެރަވަން، ހިތާމާކުރަން. އެހެންނަމަވެސް މައާފުކުރައްވާށޭ، އަޅުގަނޑުމެން "ސޮރީ" އޭ ދަންނަވަން ޖެހޭނީ އެކަމެއް އަޅުގަނޑުމެންނަކަށް ނުކުރެވުން" އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން އިތުރަށް ވިދާޅުވީ އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުން ވަރަށް ސާފުކޮށް ކަމެއް ކަނޑައަޅާފައިވާ ކަމަށާއި އެގޮތުން ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކޮންމެ ގާނޫނެއް ފާސްކުރަން ޖެހޭނީ 43 މެމްބަރުން މަޖިލީހުގެ ތަޅުމުގައި ތިއްބަވައިގެން ކަމަށެވެ. އަދި އެކަމުގައި ބަހުސް ކުރެވޭނެ ޖާގައެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ގޮތް ހުސްނުވާކަން ފާހަގަކުރައްވައި އަލީ ހުސެއިން ވިދާޅުވީ ކަނޑުމަތީގައި ދަތުރުކުރަމުންދާއިރު ކޮޅުން އަޅާލުމުން އެފަރާތްތަކުން ނަގިލި ވައްޓާލައިގެން ކަނޑުމެދުގައި މަޑު ނުކުރާ ކަމަށެވެ.

"އަޅުގަނޑުމެން ކަނޑުމަތީގައި ދުއްވާފައި ދާއިރު ކޮޅުންއަޅާލީމަ އަޅުގަނޑުމެން ނަގިލި ވައްޓާލައިގެން ކަނޑުމެދަކު މަޑެއް ނުކުރަން. ކޮޅުންއަޅާލީމަ އަޅުގަނޑުމެން ކުރާ ކަމަކީ ދިޔަވަތައް ފައިބާ ދިޔަ ހިއްކަން ފަށަނީ. އެހިސާބުން އަޅުގަނޑުމެންނަށް އަންނަނީ އާދަޔާ ހިލާފު ހިތްވަރެއް. އަޅުގަނޑު އެއްގޮތަކަށްވެސް މި ދެއްކީކީ އަޅުގަނޑުމެންގެ އޮޑި ކޮޅުން އަޅާލި ވާހަކައެއް ނޫން. ހަމައެގޮތަށް ހުނޅަގުގެ ބާރު ވިލާގަނޑެއް އަންނަން ފެށީމަ އަޅުގަނޑުމެން ގޮތެއް ހުހެއް ނުވޭ. ބޮޑު ރިޔާ ކުޑަކޮށް ކުޑަ ރިޔަލަށް އަޅުގަނޑުމެން ބަދަލުކޮށްލަނީ. ކުޑަ ރިޔާ ހަމަ ނަގާފައި ހަމަ ދަނޑިވަޅު ބަލާފައި ދެ ރިޔާ ޖަހާފައި އަޅުގަނޑުމެން ނައްޓާލަނީ. އަޅުގަނޑުމެން މި އުޅެނީ ގޮތް ހުސްވެގެނެއް ނޫން. އަޅުގަނޑުމެން ހަމަ ހަގީގަތުގައިވެސް ގޮތެއް ހުހެއް ނުވޭ" އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން ވަނީ ރައްޔިތުން ވޯޓް ދެއްވީ ރައީސް ޔާމީންއަށް ނޫންކަން ފާހަގަކުރައްވާ ފާޑުވިދާޅުވެފައެވެ. އަދި ވެރިކަމެއް ލިބުމުން އެ ވެރިކަން ރަނގަޅު ގޮތަށް ރައްޔިތުންގެ މަސްލަހަތު ހިމެނޭ ގޮތަށް ވެރިކަން ހިންގަން ނޭގުމުން ކަންތައްތައްވަމުންދާ ގޮތް ވަރަށް ރަނގަޅަށް ފެންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް