ކ. މާލެ
|
24 އޭޕްރިލް 2018 | އަންގާރަ 23:09
ފުވައްމުލަކު މަގެއް: ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އަންހެނަކަށް
ފުވައްމުލަކު މަގެއް: ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އަންހެނަކަށް
ރާއްޖެ އެމްވީ
ވެހިކަލް އެކްސިޑެންޓް
ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެއްޖެ
އަނިޔާވެފައިވަނީ 24 އަހަރުގެ އަންހެނަކަށް
އެ އަންހެން މީހާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާދެމުން

ފުވައްމުލަކުގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެއްޖެއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުވައްމުލަކު މަންހަޖުލްހުދާ ސުކޫލް ކައިރީގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ 24 އަހަރުގެ އަންހެނަކަށް ކަމަށެވެ. އަދި އެ އަންހެން މީހާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާދެމުން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް އޭނާ އަށް ލިބިފައިވާ ގެއްލުންތަކެއް ސާފެއް ނުވެއެވެ.

އޮފިޝަލް ވިދާޅުވީ އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިރޭ 20:45 ހާއިރު ކަމަށެވެ. އަދި މައްސަލަ އިތުރަށް ތަހުޤީޤްކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް