ކ. މާލެ
|
24 އޭޕްރިލް 2018 | އަންގާރަ 22:41
ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން
ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން
ރާއްޖެ އެމްވީ
އިދިކޮޅު ގުޅިފައިވާ ޕާޓީތައް
އެންޓި ޑިފެކްޝަންގެ ގާނޫނު ބާތިލު ނުކުރުމަކުން، ގޮނޑިއެއް ނުގެއްލޭ: ޕާޓީތައް
ގާނޫނަކާ 12 މެމްބަރުންގެ ގޮނޑިއާ ގުޅުމެއް ނެތް
ސާފު ނިންމުމެއް ނިންމައިދޭން އެދެން: އިބޫ
ޕީޕީއެމް މެމްބަރުން ތަޅު އެޅުވިއްޖެ

އެންޓި ޑިފެކްޝަންގެ ގާނޫނު ބާތިލު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމަކީ 12 މެމްބަރުންގެ ގޮނޑި ގެއްލެންޖެހޭ ސަބަބެއް ނޫން ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފިއެވެ.

އެންޓި ޑިފެކްޝަންގެ ގާނޫނަކީ ޕާޓީ ބަދަލު ކުރާ މެމްބަރުންނާއި ޕާޓީން ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ މަހުގެ 13 ވަނަ ދުވަހު ސަރުކާރު ހިންގާ ޕާޓީން ހުށަހަޅައި، ސަރުކާރު ކޯލިޝަންގެ 36 މެމްބަރުންގެ ވޯޓުން ފާސްކުރި ގާނޫނެވެ. އެ ގާނޫނުގައި ބުނެފައިވާ ގޮތުން ގޮނޑި ގެއްލޭނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ފަހުން ޕާޓީ ބަދަލު ކުރި މެމްބަރުންނާއި ޕާޓީން ވަކިކުރި މެމްބަރުންނެވެ.

އެ ބިލު ބާތިލް ކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފަހު، ގުޅިފައިވާ ޕާޓީތަކުން މ. ކުނޫޒުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ އެންޓި ޑިފެކްޝަންގެ ގާނޫނަކީ 12 މެމްބަރުންގެ ގޮނޑިއާ ގުޅުން ހުރި ގާނޫނެއް ނޫން ކަމަށެވެ. އަދި 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން އަންގާރަ ދުވަހު ކުރި ހުކުމްގައި ބުނެފައި ނެތް ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

އެންޓި ޑިފެކްޝަން ގާނޫނު މަޖިލީހަށް ހުށަހެޅީ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިތުރުބާރު ނެތް ކަމުގެ ވޯޓު ނަގަން އުޅުމުން ކަމަށާއި އެގޮތުން ޕީޕީއެމްގައި ތިއްބެވި މަޖިލިސް މެމްބަރުން އިދިކޮޅު ފަރާތްތަކާ ގުޅިދާނެތި އެކަމުގެ ބިރަށް، އެ މެމްބަރުން "ތަޅު އެޅުވުމަށް" ކުރި ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އުވާލުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ލިބިގެންވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށެވެ. އަލީ ހުސައިން ވިދާޅުވީ ގާނޫނު ހަދާ މަޖިލިސް އުވާލުމަކީ ބަރުލަމާނީ ނިޒާމުތަކުގައި ރައީސަށް ލިބިގެންވާ ބާރެއް ކަމަށާއި ނަމަވެސް ރާއްޖޭގެ ގާނޫނުއަސާސީން އެ ބާރު ރައީސަށް ދީފައިވާ ކަމަށް ދޭހަވާ އިބާރާތެއް ހުކުމްގައި ބުނެފައި ނުވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަފުޅު ދައްކަވަމުން، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވީ މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ފެބްރުއަރީ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި އަމުރުގައި ސާފު ނިންމުމެއް ނިންމާފައިވާ ކަމަށެވެ. ނަމަވެސް 12 މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުން ވަގުތީ ގޮތުން މަޑުޖައްސާލާފައި ވަނީ ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓުގައި އެދުނު އެދުމެއްގެ މަތިންނެވެ.

އިބޫ އިލްތިމާސް ކުރެއްވީ 12 މެމްބަރުންގެ ގޮނޑީގެ ސައްހަކަން ކަނޑައަޅައިދިނުމަށް އެ ކޯޓުން ނިންމުމެއް ނިންމަވައި ދިނުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
24 އޭޕްރިލް 2018 | އަންގާރަ 18:13
ޤައުމު
މަށަށް އެންމެ ކަނޑުކޮހީ މައްސަލަ ހުށަހެޅި ފަރާތްތައް ދިވެހިރާއްޖޭގަ މިހާރު ހާލަތު ހުރި ގޮތުން އަމިއްލަ ފަރުދަކު ސިޔާސީ ޕާޓީއަކުން ދައުލަތާ ދެކޮޅަށް ދަޢުވާކުރުމައްވުރެ ކަނޑުގަ ރޮނގު އެޅުންވެސް މާރަނގަޅުވާނެ މިހާރު ރާއްޖޭގެ ޝަރުޢީ ދާއިރާއާއި މަޖީސް މި ދެބާރަކީ ވަކި ބަޔަކު މުށުތެރޭގަވާ އެއްޗެއް މިތަންތަނަކުން ވެރިމީހާ ނުރުހޭ ގޮތަށް އެއްވެސް ކަމެއް ނުނިންމާނެ މީގެ ދުވަސްކޮޅެއްކުރިން ވިލާގެ މައްސަލަތަކެއް ދައުލަތާ ދެކޮޅަށް ނިންމީވެސް ވެރިމީހާ ބުނެގެން އަދި މިގޮތަށް ނިންމަންބޭނުންވާތީ ސްޕްރީމްކޯޓުގެ އިސްސާފުވެރިކަން ދެއްކުމުގެ ގޮތުން މިއަދު ނިންމި މިމައްސަލަ އަކީ ވިލާގެ މައްސަލައަށްވުރެ ވެރިމީހާޔަށް މާ މުހިންމު މައްސަލައަކަށްވާތީ މި މައްސަލައިގަ މިގޮތަށް މި ނިންމީ ދައުލަތުން ހުށަހަޅާ މައްސަލައެއް ދައުލަތުން ބޭނުންނުވާ އެއްވެސް ގޮތަކަށް ނުނިނމާނެ މީ މެންދުރުގެ އިރު ފަދައިން އެނގޭކަމެއް