ކ. މާލެ
|
24 އޭޕްރިލް 2018 | އަންގާރަ 21:01
ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު
ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު
އަހްމަދު ސާއިފް ޝިޔާދް
އަބްދުﷲ ޝާހިދު
ކޮންމެ ގޮންޖެހުމަކީ އާ ހިތްވަރެއް، ފަސްބެލުމެއް ނެތި ތިބޭނީ މި އަޒުމުގައި: ޝާހިދު
އަނިޔާވެރިކަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ދިމާވާ ހުރަސްތަކައް ބެލުމެއް ނެތި ދާނީ ކުރިޔަށް

ކޮންމެ ގޮންޖެހުމަކީ އާ ހިތްވަރެއް ކަމަށާއި ކާމިޔާބާ ހަޔަމަށް ވާސިލް ވަންދެން ފަސްޖެހުމެއް ފަސްބެލުމެއް ނެތި ދެމި ތިބޭނީ އެ އަޒުމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ޝާހިދު ކުރެއްވި ޓްވީޓްގައި ވަނީ އަނިޔާވެރިކަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ދިމާވާ ހުރަސްތަކައް ބެލުމެއް ނެތި ދާނީ ކުރިޔަށް ކަމަށާއި ކޮންމެ ގޮންޖެހުމަކީ އާ ހިތްވަރެއް ކަމަށެވެ. ހަމައެހެންމެ ނުހައްގު ކޮންމެ އަނިޔާއަކުން އިތުރު ކޮށްދެނީ ސާބިތުކަން ކަމަށާއި ކާމިޔާބާ ހަމަޔަށް ވާސިލްވަންދެން ދެމިތިބޭނީ ފަސްޖެހުމެއް ނެތި ފަސްބެލުމެއް ނެތި އަޒުމާއި ރޫހުގައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު މިހެން ވިދާޅުވެފައިވާ އިރު ސުޕްރީމް ކޯޓުން ވަނީ އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ނުފެންނަ ކަމަށް ނިންމާފައެވެ. ހަމައެހެންމެ އެ ކޯޓުން ވަނީ ރައްޔިތުންގެ މަޖިލިސް އުވާލުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާ ކަމަށް ވެސް ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް