ކ. މާލެ
|
23 އޭޕްރިލް 2018 | ހޯމަ 04:25
އައްޑޫ ސިޓީ ހިތަދޫގައި ގެނބިގެން ގެއްލުނު ކުދިން ހޯދުމުގެ މަސައްކަތުގައި އެ ރަށު ރައްޔިތުން ހަރަކާތްތެރިވަނީ
އައްޑޫ ސިޓީ ހިތަދޫގައި ގެނބިގެން ގެއްލުނު ކުދިން ހޯދުމުގެ މަސައްކަތުގައި އެ ރަށު ރައްޔިތުން ހަރަކާތްތެރިވަނީ
ފޭސްބުކް
އައްޑޫ ސިޓީން ގެއްލުނު ކުދިން
އައްޑޫ ސިޓީން ގެއްލުނު ކުދިންގެ އާއިލާގެ ހިތާމައިގާ ބައިވެރިވަން: ރައީސް ނަޝީދު
ރާއިފް ސަލާމަތްކުރި ހިތަދޫ ހަސަން ދީދީއަށް ނިމުމެއްނެތި ޝުކުރު ދަންނަވަން
ދެކުދިން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން
ދެކުދިން ގެއްލުނީ ހޮނިހިރު ދުވަހު

އައްޑޫ ސިޓީ ހިތަދޫގައި ގެނބިގެން ގެއްލުނު ކުދިންގެ ޢާއިލާގެ ހިތާމައިގާ ބައިވެރިވެވަޑައިގަންނަވާ ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އާދީއްތަ ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ހިތަދޫގައި ގެނބިގެން ގެއްލިފައިވާ އަލީ ފަހުމީއާއި މަޔާމިން އަލީގެ އާއިލާގެ ހިތާމައިގާ ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި އަލީ ރާއިފް ސަލާމަތްކުރި ހިތަދޫ ހަސަން ދީދީއަށް ނިމުމެއްނެތި ޝުކުރު ދަންނަވާ ކަމަށްވެސް އެމަނިކުފާނުގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

ހޮނިހިރު ދުވަހު މެންދުރެއްހާއިރު ގެއްލިގެން ހޯދަމުން ދަނީ ހިތަދޫ ޗަނބޭލީގޭ އަލީ ފަހުމީ، 17އ އަދި ޓޮޕާޒް މަޔާމީން އަލީ، 14އ އެވެ. ހިތަދޫ ކޯއްޓޭ ސަރަހައްދަށް ހޮނިހިރު ދުވަހު މޫދަށް އެރިއުޅެނިކޮށް އޮއިގަނޑުގައި ޖެހުނު ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު، މީހަކު ގޮސް ސަލާމަތްކުރި އެވެ. ތިން ކުދިންގެ ތެރެއިން ސަލާމަތްވެފައިވަނީ އަލީ ރާއިފްއެވެ.

ދެ ކުދިން ހޯދުމުގެ މަސައްކަތް ހޮނިހިރު ދުވަހުގެ ރޭގައި ވެސް ސިފައިން ކުރިއަށް ގެންދިޔަ އެވެ. މި އޮޕަރޭޝަންގައި އައްޑޫ ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނާއި އައްޑޫ ރައްޔިތުންގެ އެހީތެރިކަން ލިބޭކަން އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަޝްރިފް ފާހަގަކުރެއްވެވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް