ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ އަޑުއެހުން އަންނަ ބުދަ ދުވަހު ވެސް ބޭއްވުމަށް ތާވަލުކޮށްފި އެވެ.
ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ މަހްލޫފުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާ އާއި ހިނގާފައިނުވާ ކަމެއް ހިނގައިފި ކަމަށް ބުނެ ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާއާ ގުޅިގެން ބާއްވާ އިބްތިދާއީ އަޑުއެހުންތަކެވެ.
މި އަޑުއެހުމަށް ހާޒިރު ވުމަށް މަހްލޫފުގެ ދިފާއީ ވަކީލު ނާޒިމް އަބްދުއްސައްތާރު އަށް ވަނީ ޗިޓް ފޮނުވާފަ އެވެ. މަހުލޫފަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލައިގަ އެވެ. އަދި ހިނގާފައިނުވާ ކަމެއް ހިނގައިފި ކަމަށް ބުނެ ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ ކޮށްފައިވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަވަހާރަކޮށްލަން އުޅޭ ކަމަށްބުނެ މަހްލޫފު ކޮށްފައިވާ ޓުވީޓަކާ ގުޅިގެން ކަމަށް ބުނެ އެވެ.
Criminal Court schedules 2 more cases for 25th April.
— Ahmed Mahloof (@AhmedMahloof) April 22, 2018
• Terrorism; for a peaceful protest.
• False reports to law enforcement; regarding a tweet tagging Maldives Police Service to clarify a serious concern about former VP Adheeb.
@tweetafaiz @OmarWaraich @PGAction @amnesty pic.twitter.com/CgWLBaakM7
މާފުށި ޖަލުގައި ގައިދީން މަރާ ކަމަށް ތުހުމަތުކޮށް މަހްލޫފް ކުރެއްވި ޓްވީޓަކާ ގުޅިގެން އޭނާގެ މައްޗަށް އުފުލާފައިވާ ޝަރީއަތުގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން ހޯމަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ. މީގެ އިތުރުން މުޒާހަރާއެއްގައި ބައިވެރިންނަށް މާސްކް ބެހި މައްސަލާގައި، ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދައުވާއެއްވެސް ވަނީ ކޮށްފަ އެވެ.