ކ. މާލެ
|
22 އޭޕްރިލް 2018 | އާދީއްތަ 18:48
ރައީސް ނަޝީދު ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވަނީ
ރައީސް ނަޝީދު ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވަނީ
އަޒުމޫން އަހުމަދު
ރައީސް މުހައްމަދު ނަޝީދު
ރައީސް ނަޝީދު އަނެއްކާވެސް ލަންކާއަށް ވަޑައިގެންފި
ރައީސް ނަޝީދުއަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ލިބެންޖެހޭނެ ކަމަށް އދއިން ވަނީ ނިންމާފައި

ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު އަނެއްކާ ވެސް ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއަށް ވަޑައިގެންފިއެވެ. 

ރައީސް ނަޝީދު އިނގިރޭސިވިލާތުގައި އެމަނިކުފާނުގެ އާއިލާއާއެކު ދިރިއުޅުއްވި ނަމަވެސް ދޭތެރެ ދޭތެރެއިން ގެންދަވަނީ ލަންކާއަށް ވަޑައިގަންނަވަމުން ނެވެ. ލަންކާއަށް ވަޑައިގެން ސިޔާސީ ޕާޓީތަކުގެ އިސްފަރާތްތަކާއެކު ގެންދަވަނީ ބައްދަލު ކުރައްވަމުން ނެވެ. 

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ވަނީ ރައީސް ނަޝީދުއާއި އިތުރު ސިޔާސީ އަށް ބޭފުޅެއް މިނިވަން ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. އަދި އަލުން އެބޭފުޅުންގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިންގަން ދައުލަތަށް ވަނީ ފުރުސަތުވެސް ދީފަ އެވެ. ސުޕްރީމް ކޯޓުން ސިޔާސީ ފަރާތްތަކެއް މިނިވަން ކުރުމަށް އަމުރުކޮށްފައިވާއިރު، އެ ބޭފުޅުންގެ މައްޗަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމްތަކާ ގުޅިގެން ދިވެހި ގިނަ ރައްޔިތުންގެ އިތުރުން ބައިނަލްއަގްވާތީ ޖަމްއިއްޔާ ޖަމާއަތްތަކުން ވެސް ވަނީ އެ ޝަރީއަތްތައް ހިންގާފައިވަނީ އިޖުރާއަތުތަކާއި އިންސާފުން ބޭރުންކަމަށް ބުނަމުން ނެވެ.

ދާދިފަހުން އދގެ ބުނެފައި ވަނީ ރައީސް ނަޝީދުއަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ލިބެންޖެހޭނެ ކަމަށް ބުނެފަ އެވެ. 
 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
29 ޖޫން 2018 | ހުކުރު 09:10
ސާންތި
ސާބަސް ނަޝީދު ތިޔައީ ހަމަ މަންޑޭލާ.