ކޮންސްޓްރަކްޝަން ސައިޓަކުން ކަރަންޓް ސާމާނުތަކެއް ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފި އެވެ.
ފުލުހުން ބުނީ މިދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.
ވައްކަމުގެ މިމައްސަލައާ ގުޅޭ ސީސީޓީވީ ފޫޓޭޖްގެ ފޮޓޯތަކެއް ފުލުހުން އާއްމު ކޮށްފައިވާއިރު، އެ ފޮޓޯތަކުން އެ ދެ މީހުންގެ ސިފަ ވަރަށް ސާފުކޮށް ފެނެ އެވެ. ނަމަވެސް އެ ދެ މީހުން ވައްކަން ކޮށްފައިވަނީ ކޮންސައިޓަކުން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
Vahkamuge Massala akaai Gulhigen 2 Meehaku Hoadhanee https://t.co/WSwOQKLPYt pic.twitter.com/33wsDtOVHC
— Maldives Police (@PoliceMv) April 22, 2018