ކ. މާލެ
|
22 އޭޕްރިލް 2018 | އާދީއްތަ 08:27
ގެއްލުނު ދެ ކުދިން ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑްގެ ލޯންޗެއް ހަރަކާތްތެރި ވަނީ
ގެއްލުނު ދެ ކުދިން ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑްގެ ލޯންޗެއް ހަރަކާތްތެރި ވަނީ
އައްޑޫ ލައިވް
ގެއްލުނު ކުދިން
ގެއްލުނު އެއް ކުއްޖެއްގެ ޖޯޒީ ފެނިއްޖެ
އެއީ ކޮން ކުއްޖެއްގެ ޖޯޒީއެއް ކަމެއް ނޭނގޭ
އެމްއެންޑީއެފް އަދި ފުލުހުންގެ ބަހެއް ވެސް ނުލިބޭ
ރޭގަނޑުގައި ހޯދުމުގެ މަސައްކަތްކުރަން ނައިޓް ވިޝަން ކެމެރާ ވެސް ބޭނުންކުރޭ

ގެއްލުނު އެއް ކުއްޖެއްގެ ޖޯޒީ ފެނިއްޖެ ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭއަރު މުހައްމަދު ޔަޝްރިފް ވިދާޅުވެއްޖެއެވެ،

އެމްއެންޑީއެފުން ހޮނިހިރު ދުވަހުގެ ރޭ ނައިޓް ވިޝަން ކެމެރާ ބޭނުންކޮށްގެން ކުރި މަސައްކަތާއި ގުޅޭ ގޮތުން "ރާއްޖެއެމްވީ" މައުލޫމާތު ދެއްވަމުން ޔަޝްރިފް ވިދާޅުވީ ހިތަދޫ ހޮސްޕިޓަލާ ދިމާލުގައި އޮންނަ މޫދުގެ އޮއިވަރު ބާރު ސަރަހައްދުން (ކޯއްޓޭ ސަރަހައްދު) ގެއްލިގެން ހޯދަމުންދާ ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު ލައިގެން ހުރިކަމަށް ބެލެވޭ ޖޯޒީއެއް ފެނިފައިވާކަމުގެ މައުލޫމާތު ކައުންސިލަށް ލިބިފައިވާ ކަމަށެވެ.

ހޮނިހިރު ދުވަހު މެންދުރެއްހާއިރު ގެއްލިގެން ހޯދަމުން ދަނީ ހިތަދޫ ޗަނބޭލީގޭ އަލީ ފަހުމީ، 17 އަދި ޓޮޕާޒް މަޔާމީން އަލީ، 14، އެވެ.

ގެއްލުނު ދެކުދިން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ޔަޝްރިފް ވިދާޅުވި ގޮތުގައި ފުނުނު ޖޯޒީއަކީ އެ ދެކުދިންގެ ތެރެއިން ކޮން ކުއްޖަކު ލައިގެން ހުރި ޖޯޒީއެއްކަން ބުނަން ނޭނގެ އެވެ.

"އެ ކުދިން ލައިގެން ތިބި ކަމަށް ބެލެވޭ ޖޯޒީއެއް ރޭގަ ފެނުނު. އެއީ ކޮންކުއްޖެއް ލައިގެން ހުރި ޖޯޒީއެއް ކަމެއް، އެހެން ބުނާކަށް ނޭނގޭ" ޔަޝްރިފް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އެމްއެންޑީއެފް އަދި ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ގެއްލުނު ދެ ކުދިން ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑްގެ ލޯންޗެއް ހަރަކާތްތެރި ވަނީ 

ދެ ކުދިން ހޯދުމުގެ މަސައްކަތް ހޮނިހިރު ދުވަހުގެ ރޭގައި ވެސް ސިފައިން ކުރިއަށް ގެންދިޔަ އެވެ. މި އޮޕަރޭޝަންގައި އައްޑޫ ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނާއި އައްޑޫ ރައްޔިތުންގެ އެހީތެރިކަން ލިބޭކަން ޔަޝްރިފް ފާހަގަކުރެއްވެވި އެވެ.

"ވަރަށް އަލިގަދަ ލައިޓެއް ދިއްލައިގެން ހޯދުމުގެ މަސައްކަތް ރޭގަނޑު ވެސް ކުރި. ގެއްލުނު ވަގުތުން ފެށިގެން މެދު ނުކެނޑި ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން" ޔަޝްރިފް ވިދާޅުވިއެވެ.

ގެއްލުނު ދެ ކުދިން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ހެލިކޮޕްޓަރު ހަރަކާތްތެރި ވަނީ 

ހިތަދޫ ކޯއްޓޭ ސަރަހައްދަށް ހޮނިހިރު ދުވަހު މޫދަށް އެރިއުޅެނިކޮށް އޮއިގަނޑުގައި ޖެހުނު ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު، މީހަކު ގޮސް ސަލާމަތްކުރި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް