ކ. މާލެ
|
15 މެއި 2018 | އަންގާރަ 21:42
ތޮއްޑޫ ކަރާ: މިދިޔަ ރޯދަ މަހު 240،000 ކިލޯގެ ކަރާ މާލެ ގެނައި
ތޮއްޑޫ ކަރާ: މިދިޔަ ރޯދަ މަހު 240،000 ކިލޯގެ ކަރާ މާލެ ގެނައި
ރާއްޖެއެމްވީ
ރޯދަ ބާޒާރު
ތޮއްޑޫއިން މި ރޯދަ މަހު ތިން ލައްކަ ކިލޯގެ ކަރާ މާލެ ގެންނާނެ
މިދިޔަ އަހަރު 240،000 ކިލޯގެ ކަރާ މާލެ އެރުވި
މިދިޔަ ރޯދަ މަހު ކަރާ ކިލޯއެއް 50 ރުފިޔާއަށް އެރި
މިދިޔަ ރޯދަ މަހު ކަރާ އަގު އުފުލުނީ ދަނޑުތައް ހަލާކުވުމުން

މި އަހަރުގެ ރަމްޟާން މަހު އއ. ތޮއްޑޫ ކަރާ ދަނޑުތަކުން 300،000 ކިލޯގެ ކަރާ މާލެ ގެނައުމަށް އަމާޒު ހިފާފައިވާ ކަމަށް އެ ރަށު ރަށް ކައުންސިލުން ބުނެފި އެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސާ ހަދީޖާ ނިއުޝާ "ރާއްޖެއެމްވީ"އަށް ވިދާޅުވީ ރޯދަ މަހަށް ކަރާ ހެއްދުމަށް ތޮއްޑޫއިން 113 ދަނޑު ދޫކޮށްފައިވާ ކަމަށާއި ދަނޑުތައް ދޫކޮށްފައި ވަނީ ތޮއްޑޫގެ ރައްޔިތުންނަށް ކަމަށެވެ.

ކަރާ ހެއްދުމަށް ތޮއްޑޫއިން ދެ މިލިއަން އަކަފޫޓުގެ ބިން ދޫކޮށްފައިވެ އެވެ. ރޯދަ މަހަށް ހާއްސަކޮށްގެން މި އަހަރުގެ ފެބްރުއަރީ މަހު ތޮއްޑޫއިން ދޫކުރި އެ ބިންތަކުގައި ކަރާ ވެޔޮތައް ވަނީ ހައްދާފައެވެ.

ތޮއްޑޫ ކަރާ ދަނޑުތައް:

ތޮއްޑޫ ކައުންސިލްގެ ރައީސާ ވިދާޅުވީ ކަރާ ދަނޑުތައް ރޯދައަށް ފައްކާވާނެ ކަމަށާއި މާލެ އާއި އަތޮޅު ތެރޭގެ ރަށްތަކާއި ރިސޯޓުތަކަށް ވެސް ތަރުކާރީ އާއި މޭވާ ސަޕްލައިކޮށްދޭނެ ކަމަށެވެ.

ނިއުޝާ ވިދާޅުވީ ވިއްސާރައިގައި ދަނޑުތަކަށް ގެއްލުން ނުވާނަމަ، 300،000 ކިލޯގެ ކަރާ އުފެއްދޭނެ ކަމަށާއި ދަނޑުތަކަށް ގެއްލުންވެއްޖެނަމަ، ކަރާގެ އަގު އުފުލޭނެ ކަމަށެވެ. މިދިޔަ އަހަރުގެ ރޯދަ މަހު ވެސް، މާލޭގެ ބާޒާރުގައި ކަރާގެ ދަތިކަން ބޮޑުވެ، ކަރާ ހިލޯއެއްގެ އަގު 50 ރުފިޔާއަށް އުފުލިގެންދިޔައެވެ.

މިދިޔަ ރޯދަ މަހު 240،000 ކިލޯގެ ކަރާ މާލެ މާލޭގެ ބާޒާރަށް ތޮއްޑޫއިން ވަނީ އަރުވާފައެވެ.

މިދިޔަ އަހަރުގެ ވިއްސާރާގައި ވެސް ތޮއްޑޫގެ ދަނޑުތައް ގެއްލުންވެ، ދަނޑުވެރިން ބޭނުންވި މިންވަރަށް ކަރާ އާއި މޭވާ އުފެއްދިފައެއްނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
23 އޭޕްރިލް 2018 | ހޯމަ 16:16
އިރާދަކުރެއްވިޔާ
އިރާދަކުރެއްވިޔާގެނެވޭތޯބަލާނަމޭ ބުނޭ، ތިނިމިދާނެ ކޮންމެފަދަގޮތަކަށްވެސް