ކ. މާލެ
|
22 އޭޕްރިލް 2018 | އާދީއްތަ 06:45
މަދީނާ އިސްލާމިކް ޔުނިވާސިޓީގެ ރައީސް ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ
މަދީނާ އިސްލާމިކް ޔުނިވާސިޓީގެ ރައީސް ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ
އައިޔޫއެމް
އައިޔޫއެމް
މަދީނާ އިސްލާމިކް ޔުނިވާސިޓީގެ ރައީސް ރާއްޖެ ވަޑައިގެންފި
މަދީނާ އިސްލާމިކް ޔުނިވާސިޓީގެ ރައީސް ޑރ ހާތިމް އަލް މަރްޒުކީ ރާއްޖެ ވަޑައިގެންވީ ހޮނިހިރު ދުވަހު
ރައީސް ޔާމީނާ ބައްދަލު ކުރައްވާނެ

މަދީނާ އިސްލާމިކް ޔުނިވާސިޓީގެ ރައީސް ޑރ ހާތިމް އަލް މަރްޒުކީ ރާއްޖެ ވަޑައިގެންފި އެވެ.

ހޮނިހިރު ދުވަހު އެމަނިކުފާނު ރާއްޖެވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ އިސްލާމިކް ޔުނުވަރސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމްގެ ޗާންސެލާ ޑރ މުހައްމަދު ޝަހީމް އަލީ ސައީދާއި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރ މަޓްރެކް އަބްދުﷲ އަލްޑޮސަރީ އެވެ.

މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ރައީސް ރާއްޖެއަށް މިކުރައްވާ ދަތުރުފުޅަކީ ރާއްޖެއާއި ސައުދީ އަރަބިއްޔާއާއި ދެމެދު ތައުލީމީ ދާއިރާއިން ގުޅުން ވަރުގަދަ ކުރެއްވުމަށް ކުރައްވާ ދަތުރު ފުޅެކެވެ.

މި ދަތުރުފުޅުގައި މަދީނާ ޔުނިވަރސިޓީގެ ރައީސް ޑރ ހާތިމް އަލް މަރްޒުކީ ރައީސް އަބްދުﷲ ޔާމީނާއި ބައްދަލު ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ އިސްވެރިންނާއި ބައްދަލު ކުރައްވާ ދެ އިދާރާގެ ދެމެދުގައި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުފުޅުގައި ޑރ ހާތިމް އަލް މަރްޒުކީ އަރަބިއްޔާ ސްކޫލްގެ އިސްވެރިންނާއި ބައްދަލު ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް