ފަހުގެ ތާރީހެއްގައި ފުވައްމުލަކަށް އުދަ ނާރާވާރަށް އުދަ އަރައިފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ލިރާރު ވިދާޅުވީ ފުވައްމުލަކަށް ހޮނިހިރު ދުވަހު ހަވީރު އުދަ އަރާފައި ވަނީ އެސިޓީގެ ދަނޑިމަގުން ފެށިގެން ފުނާޑާ ހަމައަށް ހުޅަނގުފަރާތުން ކަމަށެވެ. އަދި އުދައިގެ އަސަރު ލިންކް ރޯޑާ ހަމައަށް ކޮށްފައިވާ ކަމަށް ލިރާރު ވިދާޅުވިއެވެ.
އެންމެ ބޮޑަށް އުދަ އަރާފައިވާ އެއް ސަރަހައްދެއްގެ ގޮތުގައި ލިރާރު ފާހަގަ ކުރެެއްވީ ޕޮލިސް ސްޓޭޝަން ކުރިމަތިން ފުވައްމުލަކުގައި ބަނދަރު ނަހަދާއިރު، އެސިޓީގެ ރައްޔިތުން ދޯނި ފަހަރުގައި ވަދެ ނުކުތުމަށް ބޭނުން ކުރާ މާނޭރެ ބަދަރު ސަރަހައްދަށް ކަމަށެވެ. އަދި ރަށުގެ އެކި ސަރަހައްދުތަކަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށް ލިިރާރު ވިދާޅުވިއެވެ.
އުދައިގެ ސަބަބުން މިހާތަނަން ލިބުނު ގެއްލުން ބުނަން ނޭނގޭ ކަމަށާއި، އެކަން ބަލުމުން އަންނަ ކަމަށް ލިރާރު ވިދާޅުވިއެވެ.