އައްޑޫ ސިޓީ ކޯއްޓޭ ސަރަހައްދަށް މޫދަށް އެރުނު ދެ ކުއްޖެއް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ މިހާދިސާއާއި ގުޅިގެން މޫދަށް އެރިއުޅުނު ތިން ކުއްޖެއް ގެއްލިގެން އުޅުނު މައުލޫމާތު ލިބުމާއެކު އެ ތިން ކުދިން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ ސްޓޭޝަނުގެ ސިފައިން މަސައްކަތް ފެށި ކަމަށެވެ. އޭގެ ތެރެއިން ފިރިހެން ކުއްޖެއް ފެނިފައިވާ ކަމަާއި އެ ކުއްޖާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ، ހޮސްޕިޓަލަށް ގެނެސްފައިވަނީ 16 އަހަރުގެ ކުއްޖެއް ކަމަށާއި އެކުއްޖާގެ ހާލު ރަގަޅު ކަމަށެވެ. މިހާރު ހޮސްޕިޓަލުގައި ބޭއްވިފައި ވަނީ އޮބަޒަވޭޝަނަށް ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.
ހޯދަމުންދާ އަނެއް ދެ ކުދިން ހޯދުމުގެ މަސައްކަތް ކޯސްޓް ގާޑުގެ ޑައިވަރުން ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.