"މާ ސާފު މާލެ" ނަމުގައި މާލެއާއި ވިލިމާލޭ ސާފުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެންވަޔަރމެންޓް މިނިސްޓްރީން އިސްނަގައިގެން ފެށި މި މަސައްކަތަކީ ވެމްކޯއިން މާލެއާއި މަގުތަކާއި އިޖްތިމާއީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމުގެ އަމަލީ މަސައްކަތް ފެށުމެވެ.
ހެނދުނު 06:00 ފެށި ސާފު ކުރުމުގެ ޕްރޮގްރާމުގައި 4000 އަށް ވުރެ ގިނަ މީހުން ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވެ އެވެ.
މި ހަރަކާތުގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުންނާއި އަމިއްލަ ޖަމިއްޔާތަކާއި ކޮލެޖުތަކާއި ޔުނިވަރސިޓީތަކުން ބައިވެރިވެފައިވެ އެވެ.
ސާފުކުރުމުގެ ހަރަކާތުގައި އެންވަޔަރމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވަނީ އަމަލީ ގޮތުން ބައިވެރިވެފަ އެވެ. މީގެ އިތުރުން ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވެސް ވަނީ ބައިވެރިވެފައެވެ.