ކ. މާލެ
|
21 އޭޕްރިލް 2018 | ހޮނިހިރު 02:14
ބީއެމްއެލްގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
ބީއެމްއެލްގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
ބީއެމްއެލް
ބީއެމްއެލް
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މެއި މަހު ބާއްވަނީ
މެއި މަހުގެ 13 ވަނަ ދުވަހުގެ ރޭ ޖަލްސާ ބާއްވަނެ
އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި މިދިޔަ އަހަރުގެ ބެލެންސް ޝީޓް ފާސްކުރާނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރީ އާންމު ޖަލްސާ މެއި މަހުގެ 13 ވަނަ ދުވަހުގެ ރޭ ހޮޓެލް ޖެންގައި ބާއްވާނެ ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.

ބީއެމްއެލް އިން ވަނީ އެކުންފުނީގެ އެންމެހައި ހިއްސާދާރުންނަށް އަހަރީ އާންމު ޖަލްސާއަށް ދައުވަތު އަރުވާފައެވެ.

އެ ޖަލްސާގައި 34 ވަނަ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި މިދިޔަ އަހަރުގެ ބެލެންސް ޝީޓް ފާސްކުރުމާއި، ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރާނެ ކަމަށް އެ ބޭންކުން ބުންޏެވެ. އަދި ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ހުށަހަޅާ ފައިދާ ފާސްކުރުމާއި ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އިންތިޚާބުކުރުމަށް ނިންމާފައިވާކަމަށް ބޭންކުން ވަނީ ބުނެފައެވެ.

2017 ވަނަ އަހަރުގެ ހިއްސާގެ ފައިދާ ބަހާނީ އޭޕްރިލް 26 ވަނަ ދުވަހުގެ ނިޔަލަށް ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި ރެޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް އެ ބޭންކުން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް