ކ. މާލެ
|
21 އޭޕްރިލް 2018 | ހޮނިހިރު 04:43
ފައިސަލްގެ އަގުވަޒަންކޮށް އައްޑޫ ސިޓީ ކައުންސިލުން އޭނާ އަށް ހަނދާނީ ލިޔުން ދެނީ
ފައިސަލްގެ އަގުވަޒަންކޮށް އައްޑޫ ސިޓީ ކައުންސިލުން އޭނާ އަށް ހަނދާނީ ލިޔުން ދެނީ
ފޭސްބުކް
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ކައުންސިލަރު ފައިސަލް ފާހާނާ ސާފުކުރުމުން އަގުވަޒަންކޮށްފި
ފައިސަލް އިބްރާހިމް އަށް ހަނދާނީ ލިޔުން ދީފައިވަނީ އައްޑޫ ސިޓީ ކައުންސިލްގައި ބޭއްވި ބައްދަލުވުމެއްގައި

އައްޑޫ ސިޓީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ފާހާނާ  ވަރަށް ބޮޑަށް ހަޑިވެ، ސާފުތާހިރުކަން ގެއްލިފައިވާ ކަމަށް ބުނެ އެތައް ބަޔަކު ސޯޝަލް މީޑިއާގައި ފޮޓޯތައް ޝެއާކޮށް ފާޑު ކިއަމުން ދަނިކޮށް މަރަދޫ ދާއިރާގެ ކައުންސިލަރު ފައިސަލް އިބްރާހިމް އެ ފާހާނާ ސާފުކުރުމުން އައްޑޫ ސިޓީ ކައުންސިލުން އެކަމުގެ އަގުވަޒަންކޮށްފިއެވެ.

 

ފައިސަލްގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދިނުން

މަރަދޫ ދާއިރާގެ ކައުންސިލަރު ފައިސަލް އިބްރާހިމް އަށް ހަނދާނީ ލިޔުން ދީފައިވަނީ އައްޑޫ ސިޓީ ކައުންސިލްގައި ބޭއްވި ބައްދަލުވުމެއްގައި އެކައުންސިލްގެ މޭޔަރު އަބުދުﷲ ސޯދިގެވެ.

ސިއްހީ ހިދުމަތްދޭ ތަނެއްގެ ފާހާނާ ސާފު ނުކޮށް ހުރި މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުންތައް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އިސް ވެރިންނަށް އަމާޒުވެފައިވަނިކޮށް، އަދި އެ ތަނުގެ ފޮޓޯތަައް އެތަށް ބަޔަކު ސޯޝަލް މީޑިއާގައި ޝެއާކޮށްފައިވަނިކޮށް، ފައިސަލް އެތަން ސާފްކުރީ، އެކަމަށް ބޭނުންވާ ތަކެތި އަމިއްލައަށް ގަނެގެންނެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފައިސަލް ވިދާޅުވި، އޭނާ އެ ފާޚާނާ ސާފުކުރަން ޖެހުނީ އެތަން ހަޑިކަމުން ހިތަށް ކެތްނުވެގެން ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް