ކ. މާލެ
|
20 އޭޕްރިލް 2018 | ހުކުރު 23:17
ކެނދިކުޅުދޫ
ކެނދިކުޅުދޫ
ފޭސްބުކް
ކުޑަ ކުއްޖަކު މަރުވުން
ކަރުތެރޭގައި ކުންނާރު އޮށެއް ތާށިވެގެން ކުއްޖަކު މަރުވެއްޖެ
މަރުވީ އުމުރުން ހަ އަހަރުގެ އައިޝަތު އާލާ އަންވަރު
އަލާ މަރުވީ ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް
ސިއްހީ މަރުކަޒަށް ގެންދިޔަ އިރު އަލާއަށް ނޭވާލާން އުނދަގޫވެ، ކަރުން ވަނީ ލޭ އައިސްފަ

ކުޑަކުއްޖަކު ކެއި ކުންނާރެއްގެ އޮށް ކަރު ތެރޭގައި ތާށިވެ، އެ ކުއްޖާ މަރުވެއްޖެއެވެ.

ނ. ކެނދިކުޅަދޫގައި ހިނގި މި ހާދިސާގައި މަރުވެފައި ވަނީ އެރަށު ގޮނޑުމަތީގެއާގެ، އުމުރުން ހަ އަހަރުގެ އައިޝަތު އާލާ އަންވަރެވެ.

ކެނދިކުޅުދޫ ކައުންސިލުން ބުނީ ހުކުރު ދުވަހުގެރޭ 7:00 ހާއިރު އާލާ މަރުވީ ކަރުތެރޭގައި ކުންނާރު އޮށެއް ތާށިވެގެން ކަމަށެވެ. ކުންނާރު އޮށް ތާށިވެގެން އާލާއަށް ނޭވާލާން އުނދަގޫވެ، މަރުވިއިރު ކަރުން ލޭވެސް އައިސްފައިވާކަމަށް ކެދިކުޅުދޫ ކައުންސިލުން ބުންޏެއެވެ.

ކެނދިކުޅުދޫ ކައުންސިލުން ބުނީ އާލާ މަރުވީ ކުންނާރު އޮށް އާލާ ކަރުތެރޭގައި ތާށިވެ ނޭވާ ލުމަށް އުނދަގޫވުމުން އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. ސިއްހީ މަރުކަޒުން ދެވެން ހުރި އެންމެ ރަނގަޅު ފަރުވާވެސް ދީފައިވާ ކަމަށް ކައުންސިލުން ބުންޏެއެވެ.

އަލާ ކުންނާރު ކެއީ، ގޭދޮށުގައި ކުޅެން އުޅުނު ކުދިންތަކަކާއި އެކު ހަވީރު ކުޅެން އެޅުމުގެ ތެރޭގައެވެ. މިކަން ވަނީ ކެނދިކުޅަދޫ ކައުންސިލުން "ރާއްޖެއެމްވީއަށް" ކަށަވަރުކޮށްދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް