ކ. މާލެ
|
20 އޭޕްރިލް 2018 | ހުކުރު 19:43
ތޮޅީގެ ތުންގަނޑު
ތޮޅީގެ ތުންގަނޑު
ރާއްޖެ އެމްވީ
އަނިޔާވި ޒުވާނާ
ތޮޅީގެ ތުންގަނޑު ހެރުނު ޒުވާނާ ހުކުރުދުވަހުގެރޭ މާލެ ގެންނަނީ: ހޮސްޕިޓަލް
އަހުމަދަށް އައިސީޔޫގައި ފަރުވާދެމުން އަންނައިރު، ހާލު ކުރިއަށް ވުރެ ރަނގަޅު

ހދ. ކޭލަކުނު ކައިރިއަށް މަހަށް ގޮސް އުޅެނިކޮށް މެއަށް ފަރުތޮޅިއެއް ހެރުނު ޒުވާނާ ހުކުރު ދުވަހުގެރޭ މާލެ ގެނައުމަށް ތައްޔާރުވަމުންދާކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނެފިއެވެ.

ފަރުތޮޅިއެއްގެ ތުންގަނޑު މެއަށް ހެރިގެން ޒަޚަމްވި، ގދ. ފަރެސްމާތޮ މޫނިމާގޭ އަހުމަދު އިސްމާއީލް 17، އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމާ އެކު ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިޔައީ ނޭވާ ނުލެވި ހާލު ސީރިއަސް ވާ ކަމަށް ރިޕޯޓް ކުރުމުންނެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އަހުމަދަށް އައިސީޔޫގައި ފަރުވާދެމުންދާއިރު، އޭނާގެ ހާލު ކުރިއަށް ވުރެ ރަނގަޅު ކަމަށެވެ. އެކަމަކު، އައިސީޔޫގައި ބާއްވާފައި އޮތީ އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިރޭ ފަތިހު އޭނަ އެބަ މާލެ ފޮނުވާލަން. އޭނާ އެބަބުނޭ، މޭގައި ތޮޅީގެ ބައެއް ވެދާނެކަމަށް ހީވެއޭ. އަޅުގަނޑުމެން ބެލި ބެލުމުން އެފަދަކަމެއް ފާހަގައެއް ނުވޭ. އެކަމަކު އެއްޗެއް ވަދެފައި ހުރި ތަން ފެންނަން އެބަހުރި" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ އެ ޒުވާނާ ވާހަކަ ދައްކާ ހަރަކާތްކޮށް ހެދި ނަމަވެސް ވަރަށް ބޮޑަށް މެއަށް ތަދުވާތީ އުޅޭކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް