ކ. މާލެ
|
20 އޭޕްރިލް 2018 | ހުކުރު 19:20
އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު ބޭއްވި އެއްވުމުގެ ތެރެއިން
އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު ބޭއްވި އެއްވުމުގެ ތެރެއިން
މުރުޝިދް އަބްދުލް ހަކީީމް
ރައްޔިތުންގެ ބަދަލު
ސަރުކާރަށް ބަހުގެ ހަމަލާތައް ދީ، އިދިކޮޅު ފަރާތްތަކުން އެއްވުން ބާއްވައިފި
އެކެއް ފެބްރުއަރީގެ ހުކުމް ތަންފީޒު ކުރުވާނެ ކަމަށް ބުނި
އިސްލާމް ދީނޭ ކިޔާ ޕީޕީއެމް އިން ވާހަކަދައްކާތީ ރައްދުން ދިން

އިދިކޮޅު ސިޔާސީ ފަރާތްތަކުން ކޮންމެ ހުކުރު ދުވަހަކު ސިލްސިލާ ގޮތެއްގައި ބާއްވާ އެއްވުން ބާއްވައިފިއެވެ.

ހުކުރު ދުވަހުގެ ހަވީރު އެމްޑީޕީ ހަރުގެ ކުރިމަތީ ބޭއްވި އެއްވުމުގައި ބައިވެރިފަރާތްތައް ވަނީ ސަރުކާރުގެ އިސްވެރިންގެ ގާނޫނާ ހިލާފު އަމުރުތަކަށް ތަބާނުވުމަށް ފުލުހުންނާއި ސިފައިންނަށް ގޮވާލާފައެވެ. އަދި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށާއި ހައްޔަރުކޮށްފައިވާ ސިޔާސީ އެކި ބޭފުޅުންނާއި ފުލުހުންނާއި ފަނޑިޔާރުން ދޫކޮށްލުމަށްވެސް ވަނީ ގޮވާލާފައެވެ.

މި އެއްވުމުގައި ވާހަކަ ދެއްކެވި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީ އަދި އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އަބްދުﷲ ވިދާޅުވީ ސަރުކާރު ބަލިވެފައިވާ ކަމަށާއި ދާދި އަވަހަށް ރައީސް އަބްދުﷲ ޔާމިން "ގޮޅިއަށް" ލާނެ ކަމަށެވެ. އަދި ކޮންމެ އަމުރަކީ ގާނޫނީ އަމުރެއް ކަމަށް ސަރުކާރުން ބުނަމުން ދިޔަ ނަމަވެސް އެއީ ހަގީގަތާ ހިލާފަށް ދައްކާ ވާހަކައެއް ކަމަށް އަޙުމަދު ވިދާޅުވިއެވެ. 

އަދި ހަމައެހެންމެ ސަރުކާރުގެ އަނިޔާވެރިކަމުގެ ވާހަކައާއި ގާނޫނާ ހިލާފަށް ހިންގާ އަމަލުތަކުގެ ވާހަކަ ދެއްކުމުން ސަރުކާރުން ތަރައްގީގެ ވާހަކަތައް ދައްކަން ފަށާ ކަމަށާއި އެހެން ނަމަވެސް އެ ވާހަކަތަކުން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކައިގެ އަޑު ކަނޑާނުލެވޭނެ ކަމަށްވެސް އަހްމަދު ވިދާޅުވިއެވެ.

މި އެއްވުމުގައި ވާހަކަ ދެއްކެވި ރައްޔިތުން މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ތޯރިގު ވިދާޅުވީ ގާނޫނު އަސާސީއާ އެއްގޮތައް ވެރިކަން ކުރުމަށް ހުވާކޮށްގެން ހުންނަވާ ރައީސަކު ގާނޫނާ ހިލާފަށް އަމަލު ކުރައްވަން ފެއްޓެވުމުން އެމީހަކަށް ރައީސުލް ޖުމްޙުރިއްޔާގެ ލަޤަބުން މުހާތަބު ނުކުރެވޭނެ ކަމަށެެވެ. 

 އަދި އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މި އެއްވުމުގައި ވާހަކަ ދެއްކެވި އަދާލަތު ޕާޓީގެ މެމްބަރު ތޫބާ ރަޝީދު ވިދާޅުވީ އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުސަތުދޭން ބޭރުގެ ބަޔަކު ގޮވާލުމުން އެކަމަށް ޕީޕީއެމްއިން ފާޑު ކިޔާއިރު މުސްލިމު ގައުމެއް ކަމަށްބުނެ ސަރުކާރުން ކުރަމުންދާ ކަންކަން މާ ހުތުރު ކަމަށެވެ.

އޭނާ ވިދާޅުވީ މި ސަރުކާރަކީ އިސްލާމްދީނަށް ފުރައްސާރަ ކުރަމުންދާ ސަރުކާރެއް ކަމަށާއި އެހެން މީހުންނަކީ އިސްލާމްދީން ނައްތާލަން އުޅޭ ކަމަށްބުނެ ވާހަކަ ދެއްކުމުގެ ހައްގު ޕީޕީއެމްގެ އިސްވެރިންނަށް ނޯންނާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް