ކ. މާލެ
|
20 އޭޕްރިލް 2018 | ހުކުރު 17:00
އެމްޑީޕީގެ ވަފުދު މީދޫއަށް ދިއުމަށް ފުރުމުގެ ކުރިން ފޮޓޯއަކަށް ހުއްޓިލައިގެން
އެމްޑީޕީގެ ވަފުދު މީދޫއަށް ދިއުމަށް ފުރުމުގެ ކުރިން ފޮޓޯއަކަށް ހުއްޓިލައިގެން
ރާއްޖެއެމްވީ
އެމްޑީޕީގެ ހަރަކާތްތައް
ދ އަތޮޅު ކައުންސިލްގެ ނައިބް ރައީސް އެމްޑީޕީއަށް ސޮއި ކުރައްވަނީ
ސޮއި ކުރަނީ ދ އަތޮޅު ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ނަސީރު

ދ އަތޮޅު ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ނާސިރު އެމްޑީޕީއަށް ސޮއިކުރަން ނިންމަވާފައިވާ ކަމަށް އެޕާޓީން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒް ވިދާޅުވީ މީދޫ ދައިރާއަށް އަމިއްލަ ގޮތުން އިންތިހާބްގެ ވެފައިވާ އެ އަތޮޅު ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ނަސީރު އެޕާޓީއަށް ސޮއިކުރަން ނިންމާފައިވާ ކަމަށެވެ. އިބްރާހިމް ނަސީރު ބުރާސްފަތި ދުވަހު އެމްޑީޕީއަށް ސޮއިކުރަން ނިންމާފައިވާތީ، އެ އަތޮޅުގެ އެމްޑީޕީގެ މެމްބަރުން ދަނީ އެނާ ސޮއި ކުރުމަށް ހަރުގޭގައި ބާއްވާ ޖަލްސާ އަށް ތައްޔާރުވަމުނެވެ.

އަތޮޅު ކައުންސިލްގެ ނައިބް ރައީސް އެމްޑީޕީއަށް ސޮއިކުރާތީ މަރުޙަބާ ދެންނެވުމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒާއި، އެޕާޓީގެ ތަރުޖަމާން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިމްތިޔާޒު ފަހުމީ އަދި އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލިހުގެ މެންބަރު މުޙައްމަދު ފަލާޙު ވަނީ މީދޫއަށް ވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
20 އޭޕްރިލް 2018 | ހުކުރު 13:26
ނޫހައްވެސް
ދުނިޔޭގެ ނޫހައްވެސް އަރާވަރުގެ ވާހަކައެއްތީ، އަޖަައިބުހީވޭ