ކ. މާލެ
|
20 އޭޕްރިލް 2018 | ހުކުރު 16:01
ވިއްސާރައިގެ ސަބަބުން ތިމަރަފުށީގައި ފެންބޮޑުވެފައި
ވިއްސާރައިގެ ސަބަބުން ތިމަރަފުށީގައި ފެންބޮޑުވެފައި
ރާއްޖެއެމްވީ
ތިމަރަފުށި
ވިއްސާރާގައި ތިމަރަފުއްޓަށް ލިބުނު ގެއްލުމުގެ ބަދަލުހޯދަން ހުށައަޅައިފި
13 ގެއެއްގެ ހިފައިގެންގުޅޭ ގިނަ އެއްޗެހި ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ
ގެތަކަށް ލިބުނު ގެއްލުމުގެ ތަފްސީލީ ރިޕޯޓެއް ކައުންސިލުން ވަނީ ތައްޔާރުކޮށްފަ
ފެން ހިއްކަނީ އެކްސްކަވޭޓަރު ބޭނުންކޮށްގެން ކޯރު ކޮނެގެން

ދިވެހިރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ތ އަތޮޅު ތިމަރަފުއްޓަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ތިމަރަފުށީ ކައުންސިލުން ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރަށް ހުށަހަޅައިފިއެވެ.

ތިމަރަފުށީ ކައުންސިލްގެ ރައީސް އިސްމާއިލް އިބްރާހިމް ވިދާޅުވީ، މިދިޔަ ހަފްތާގެ ހޯމަ އަދި އަންގާރަ ދުވަހު އެރަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގޭގޭގައި ހިފާގެންގުޅޭ ގިނަ ތަކެތި ހަލާކުވުމުން، ލިބުނު ގެއްލުންތަކުގެ ތަފްސީލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ. ވިއްސާރާގައި ވަގުތީ ގޮތުން 13 ގެއެއްގެ ހިފާގެންގުޅޭ ހުރިހާއެއްޗެއް ކަހަލަގޮތަށް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާކަމަށް އިސްމާއިލް އިބްރާހިމް ވިދާޅުވިއެވެ.

އަންގާރަ ދުވަހު ތިމަރަފުއްޓަށް ބޯކޮށް ވާރޭވެހި 13 ގެއެއްގެ ބެޑްރޫމް ސެޓާއި، ހިފާގެންގުޅޭ ގިނަ އެއްޗެހި ހަލާކުވުމުން އެދުވަހު އެ 13 ގޭގެ މީހުން އެހެން ގެތަކަށް ވަގުތީ ގޮތުން ބަދަލުކުރަން ޖެހުނެވެ. އެހެންނަމަވެސް މިހާރު އެމީހުން އަނބުރާ އަލުން އެގެތަކަށް ބަދަލުވެފައިވާ ކަމަށް ތިމަރަފުށީ ކައުންސިލުން ބުންޏެއެވެ.

ވިއްސާރާގެ ސަބަބުން ތިމަރަފުށީގައި ފެންބޮޑުވެފަ

ތިމަރަފުށީ ކައުންސިލުން ބުނީ ވިއްސާރައިގައި އެރަށުގެ ގިނަ ގޭގޭގެ ހިފާގެންގުޅޭ އެއްޗެހި ހަލާކުވުމުން، ކައުންސިލުން ލިބުނު ގެއްލުމުގެ ތަފްސީލީ ރިޕޯޓެއް ހެދުމަށް ފަހު، ކަމާ ބެހޭ މުއައްސަސާތަކަށް ހުށައަޅާފައިވާ ކަމަށެވެ.

ރަށު ތެރޭގައި ބޮޑުވެފައިވާ ފެންގަޑު ހިއްކާފައި ވަނީ އެސްކަވޭޓަރު ބޭނުން ކޮށްގެން ކޯރު ކޮނުމަށް ފަހު، މޫދަށް ފެންގަނޑު ބޭރުކޮށްގެންނެވެ. ފެން ހިއްކުމަށް ތިމަރަފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންގެ އެހީތެރިކަމާއި އެރަށު އެއާޕޯޓްގެ މުވައްޒިފުންގެ އިތުރުން އެމްޓީސީސީގެ އެހީތެރިކަން ލިބުނުކަން އެކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް