ކ. މާލެ
|
20 އޭޕްރިލް 2018 | ހުކުރު 13:10
މެންބަރު އަލީ ނިޒާރު
މެންބަރު އަލީ ނިޒާރު
އަޒުމޫން އަހުމަދު
މެންބަރު އަލީ ނިޒާރު
އީޔޫއިން ނެރޭ ބަޔާންތަކަކީ އެމީހުންގެ އަމިއްލަ ވިސްނުން: އަލީ ނިޒާރު
އީޔޫއިން ނެރޭ ބަޔާންތަކަކީ ވަކި ސިޔާސީ މީހަކު ބުނެގެން ނެރޭ ބަޔާންތަކެއް ނޫން ކަމަށް ވިދާޅުވި

އީޔޫއިން ނެރޭ ބަޔާންތަކަކީ އެމީހުންގެ އަމިއްލަ ވިސްނުން ކަމަށާއި އެއީ ވަކި ސިޔާސީ މީހަކު ބުނެގެން ނެރޭ ބަޔާންތަކެއް ނޫން ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އަލީ ނިޒާރު މިހެން ވިދާޅުވީ އީޔޫއިން ނެރުނު ގަރާރުގައި ރާއްޖޭގެ ގާނޫނުގައި މުސްލިމަކަށް ނޫނީ އިންތިޚާބުގައި ވާދަކުރުމާއި ވޯޓުލުމުގެ ފުރުސަތު ދީފައި އޮތް އޮތުން ބަދަލުކުރުމަށް ހުށައެޅުމާ ގުޅިގެން، އެއީ އިދިކޮޅު ފަރާތްތަކުން ކުރުވި ކަމެއް ކަމަށް ވެރިކަންކުރާ ޕީޕީއެމުން ތުހުމަތު ކުރާ ދަނޑިވަޅެއްގައި އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

އަލީ ނިޒާރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އީޔޫ އިން ނެރުނު ބަޔާނުގައި ސަރުކާރުން ވައްކަމާއި އަނިޔާ ނުކުރުމަށް ބުނެފައި ނުވޭތޯ އާއި އިސްލާމްދީނުގައި ވެސް އެކަން އޮތީ އެހެން ކަމަށާއި ސަރުކާރުން އެކަން އަޑުއެހިތޯ އޭނާ ވަނީ ސުވާލުކުރައްވާފައެވެ.  

އީޔޫ އިން ޖެނުއަރީ މަހުގެ 8-11 އަށް ރާއްޖެ އަށް ފޮނުވި އިލެކްޓޯރަލް ފޮލޯއަޕް މިޝަންގެ ދަތުރަށް ފަހު ބުރާސްފަތި ދުވަހު އާއްމުކުރި ރިޕޯޓުގައި، ރާއްޖޭގައި މިނިވަން އިންތިހާބަކަށް ހުރި ކަންބޮޑުވުންތައް ފާހަގަ ކޮށްފައި ވެއެވެ.

އޭގެ ތެރެއިން އެއް ހުށަހެޅުމަކީ، ދިވެއްސަކު އިސްލާމް ދީން ގަބޫލު ނުކުރިޔަސް، އެމީހަކީ ދިވެހި ރައްޔިތެއް ކަމުގައި ބަލައިގަނެ، ވޯޓު ދިނުމުގެ ހައްގު ލިބިދޭ ގޮތަށް ގާނޫނުއަސާސީގެ ނުވަ ވަނަ މާއްދާ އަށް ބަދަލު ގެނައުމެވެ. މީގެ އިތުރުން، އިންތިހާބުތަކުގައި ވާދަކުރެވޭނީ ސުންނީ މުސްލިމުންނަށް ކަމަށް ގާނޫނުތަކުގައި ކަނޑައަޅާފައި އޮތް އޮތުން އިސްލާހް ކުރުމަށް ވެސް ހުށަހަޅާފައިވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
20 އޭޕްރިލް 2018 | ހުކުރު 09:17
Hassan
E ee kaleymenge laadheenee verimeehaa ge visnun.