ކ. މާލެ
|
20 އޭޕްރިލް 2018 | ހުކުރު 08:56
އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ ޗެއަރ އަލީ ނަޒީރު
އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ ޗެއަރ އަލީ ނަޒީރު
މުހައްމަދު ފަޒީން
ހަރުގެ ޖަލްސާ
ދީނީ ވާހަކަދެއްކުމުގެ ހައިސިއްޔަތެއް އަބްދުއްރަހީމްގެ ނެތް: އަލީ ނަޒީރު
ދީނުގެ ވާހަކަދައްކަންވާނީ އެކަމުގެ ހައިސިއްޔަތު ލިބިގެންވާ މީހުން
ރާއްޖޭގައި އިސްލާމްދީނަށް ލޮޅުން އަރާކަމެއް ހިނގާ ކޮންމެ ދަނޑިވަޅެއްގައި އަދާލަތު ޕާޓީން ނުކުންނާނެ
އަދާލަތު ޕާޓީން ބައިވެރިވާ އިއްތިހާދަކުން ވެސް އެފަދަ ކަމެއް ކުރުމަށް ފުރުސަތު ނުދޭނަން

ރާއްޖޭގެ ރައްޔިތުންނަކީ ޒަމާނުއްސުރެ ދީނީ ކަންތަކަށް ލޯބިކުރާ ބައެއް ކަމަށާއި އެހެން ނަމަވެސް ދީނާ ގުޅޭ ގޮތުން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ މެން ފަދަ އަބުރު ގެއްލިފައި ތިއްބެވި ބޭފުޅުން ވާހަކަ ދެއްކެވުމުން ރައްޔިތުން އެވާހަކަތަކެއް ގަބޫލެއް ނުކުރާނެ ކަމަށް އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ ޗެއަރ، އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ނަޒީރު ވިދާޅުވީ، ދީނުގެ ވާހަކަ ދައްކަންވާނީ އެކަމުގެ ހައިސިއްޔަތު ލިބިގެންވާ މީހުން ކަމަށާއި ދީނޭ ކިޔައިގެން މެންބަރު އަބްދުއްރަހީމް މެންފަދަ ބޭފުޅުން ވާހަކަދެއްކުން ރަގަޅު ނޫން ކަމަށެވެ.

"ދީނުގެ ވާހަކަ ދީނާ ގުޅުން ހުރި ވާހަކަ، ނުވަތަ ދީން ދަސްކޮށްދެވޭނެ ބައެއް ނޫން ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނާ އެކު މަސައްކަތްކުރާ ފަރާތްތަކަކީ،"  އަލީ ނަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ އިސްލާމުދީނުގެ ކަންކަމަށް ލޮޅުންއަރާ ކޮންމެ ދަނޑިވަޅެއްގައި އަދާލަތު ޕާޓީން އެކަމާ ދެކޮޅަށް ފިސާރި ވަރުގަދައަށް ނުކުންނާނެ ކަމަށާއި އެކަންކަމާ ދެކޮޅަށް އިހްތިޖާޖު ވެސް ކުރާނެ ކަމަށެވެ. އެކަންކަން ހަނދާންކޮށްދެން އަބްދުއްރަހީމަކަށް ނުޖެހޭނެ ކަމަށާއި އަދާލަތު ޕާޓީން ބައިވެރިވާ އިއްތިހާދަކުން ވެސް އެފަދަ ކަމެއް ކުރުމަށް އެޕާޓީން ފުރުސަތު ނުދޭނެ ކަމަށް ނަޒީރު ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް