ކ. މާލެ
|
20 އޭޕްރިލް 2018 | ހުކުރު 08:45
ރައީސް ނަޝީދު
ރައީސް ނަޝީދު
ޓްވިޓަރ
ރައީސް ނަޝީދު
އީޔޫއިން ޤާނޫނު އަސާސީއަށް ގެންނަން ބުނާ ދީނީ މިނިވަންކަން ބަލައެއް ނުގަނެވޭނެ: ރައީސް ނަޝީދު
އީޔޫއިން ވަނީ 8 ދާއިރާއަކުން 22 ކަމެއް ހުށަހަޅާފައި
އޭގެ ތެރެއިން ދިވެހިންނަށް ބަލައި ނުގަނެވޭނެ އެއްކަމެއް ހިމެނޭ
އެއީ ޤާނޫން އަސާސީއަށް ގެނައުމަށް ބުނާ ދީނުގެ މިނިވަންކަމުގެ ބަދަލް

ޔޫރަޕިއަން ޔޫނިއަން (އީޔޫއިން) ރާއްޖޭގެ ޤާނޫން އަސާސީއަށް ގެންނަން ހުށަހަޅާފައިވާ ދީނީ މިނިވަންކަން ބަލައި ނުގަނެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ ދިވެއްސަކު އިސްލާމް ދީން ގަބޫލު ނުކުރިޔަސް، އެމީހަކީ ދިވެހި ރައްޔިތެއް ކަމުގައި ބަލައިގަނެ، ވޯޓު ދިނުމުގެ ހައްގު ލިބިދޭ ގޮތަށް ގާނޫނުއަސާސީގެ ނުވަ ވަނަ މާއްދާ އަށް ބަދަލު ގެނައުމަށް ގޮވާލާފައި ވަނިކޮށެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އީޔޫއިން ވަނީ 8 ދާއިރާއަކުން 22 ކަމެއް ހުށަހަޅާފައި ކަމަށާއި އޭގެ ތެރެއިން ދިވެހިންނަށް ބަލައި ނުގަނެވޭނެ އެއްކަމެއް ހިމެނޭ ކަމަށެވެ. އެއީ ޤާނޫން އަސާސީއަށް ގެނައުމަށް ބުނާ ދީނުގެ މިނިވަންކަމުގެ ބަދަލް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެހެން ހުރިހާ ކަމަކީ ދިވެހިން އިންތިހާއަށް ބޭނުންވެފައިވާ ކަންކަން ކަމަށާއި އީޔޫގެ ބަޔާނަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

އީޔޫ އިން ޖެނުއަރީ މަހުގެ 8-11 އަށް ރާއްޖެ އަށް ފޮނުވި އިލެކްޓޯރަލް ފޮލޯއަޕް މިޝަންގެ ދަތުރަށް ފަހު ބުރާސްފަތި ދުވަހު އާއްމުކުރި ރިޕޯޓުގައި، ރާއްޖޭގައި މިނިވަން އިންތިހާބަކަށް ހުރި ކަންބޮޑުވުންތައް ފާހަގަ ކޮށްފައި ވެއެވެ.

އޭގެ ތެރެއިން އެއް ހުށަހެޅުމަކީ، ދިވެއްސަކު އިސްލާމް ދީން ގަބޫލު ނުކުރިޔަސް، އެމީހަކީ ދިވެހި ރައްޔިތެއް ކަމުގައި ބަލައިގަނެ، ވޯޓު ދިނުމުގެ ހައްގު ލިބިދޭ ގޮތަށް ގާނޫނުއަސާސީގެ ނުވަ ވަނަ މާއްދާ އަށް ބަދަލު ގެނައުމެވެ. މީގެ އިތުރުން، އިންތިހާބުތަކުގައި ވާދަކުރެވޭނީ ސުންނީ މުސްލިމުންނަށް ކަމަށް ގާނޫނުތަކުގައި ކަނޑައަޅާފައި އޮތް އޮތުން އިސްލާހް ކުރުމަށް ވެސް ހުށަހަޅާފައިވެއެވެ.

ގާނޫނުއަސާސީގެ ނުވަ ވަނަ މާއްދާގައި، ދިވެހި ރައްޔިތުން މާނަކޮށްދީ، ބުނެފައި ވަނީ މުސްލިމަކަށް ނޫނީ ދިވެހި ރައްޔިތަކަށް ނުވެވޭނެ ކަމަށެވެ. އީޔޫ އިން ހުށަހެޅީ، ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މި މާއްދާ އިސްލާހްކޮށް، ދިވެހި ރައްޔިތަކަށް ވުމަށްޓަކައި މުސްލިމަކަށް ވުން ލާޒިމް ނުކުރުމަށެވެ.

އޭގެ އިތުރުން، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ، ސުންނަތް ޖަމާއަތުގެ މުސްލިމަކަށް ވުމުގެ ޝަރުތު ބަދަލުކުރަން ވެސް ހުށަހަޅާފައިވެއެވެ.

ރާއްޖޭގައި އަންހެނުންނަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، އީޔޫ އިން ހުށަހެޅީ އާއިލާއާ ބެހޭ ގާނޫނުގައި ހުރި ޖިންސީ ތަފާތުތައް ނައްތާލުމަށެވެ. އޭގެ ތެރޭގައި ތަރިކަ މުދާ ބެހުމާ ބެހޭ އުސޫލްތަކަށް ބަދަލު ގެންނަން ވެސް ހުށަހަޅައިފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކަށް އީޔޫގެ ވަފުދުން ވަނީ އަލިއަޅުވާލާފައެވެ. އެގޮތުން އަސާސީ ހައްގުތައް ހަނިކުރެވިފައިވުމާއި ސިޔާސީ ފަރާތްތަކާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތައް ފާހަގަކޮށްފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
20 އޭޕްރިލް 2018 | ހުކުރު 06:45
އުމަރު
ރާއްޖެއަށް އެހެން ދީންތައް ގެންނަން އުޅެނީ ލާދީނީ ފިކުރުގައި ތިބި ސިޔާސީ ލީޑަރުން ކަމަށް.
20 އޭޕްރިލް 2018 | ހުކުރު 05:08
މުހައްމަދު
އަޅުގަނޑު މި ނިމަނީ ދެން ދުވަހަކު ވެސް ނަޝީދަށް ވޯޓު ނުލާ! އެކަމުވެސް އަދިވެސް އެމް.ޑީ.ޕީ
20 އޭޕްރިލް 2018 | ހުކުރު 05:07
ހ މ ޒ
އީޔޫ އަށް ދީން ބަދަލުކުރާމައްސަލަ ހުށަހެޅީ ނަސީދު ކަމަށް ވެއްޖިއްޔާ ؟އޭނާ އެކަން ކުއްވެރި ކުރާނެތަ ؟