ކ. މާލެ
|
19 އޭޕްރިލް 2018 | ބުރާސްފަތި 22:07
ކ. ގުޅީގެ ހުޅަނގުން ހަ މޭލު ބޭރުން ހިނގި އެކްސިޑެންޓްގައި އަނިޔާވި ބައެއް މީހުން މާލެ ގެނެސްފައި
ކ. ގުޅީގެ ހުޅަނގުން ހަ މޭލު ބޭރުން ހިނގި އެކްސިޑެންޓްގައި އަނިޔާވި ބައެއް މީހުން މާލެ ގެނެސްފައި
މުހައްމަދު ޝަރުހާން
ކަނޑުމަތީ އެކްސިޑެންޓް
އެކްސިޑެންޓުގައި އަނިޔާވި ބިދޭސީ މީހާ މަރުވެއްޖެ
އެޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވީ ލޯންޗުގެ ފަޅުވެރިއެއް
އިތުރު ހަ މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން
މި އެކްސިޑެންޓުގައ އެއް ލޯންޗުގެ ކައްޕި ވަނީ ގެއްލިފަ

ކ.ގުޅީ ބޭރުން ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ ބަންގްލަދޭޝް މީހާ މަރުވެއްޖެއެވެ.

ފުލުހުން ބުނީ ކ އަތޮޅު ގުޅީ ބޭރުން ދެ ލޯންޗެއް ޖެހި އެކްސިޑެންޓުގައި އަނިޔާވި ބިދޭސީ މިހާ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށެވެ. މަރުވި ބިދޭސީ މީހާ އަކީ އެކްސިޑެންޓްވި ލޯންޗެއްގެ ފަޅުވެރިޔެއް ކަމަށް ފުލުހުން ބުންޏެއެވެ.

މި އެކްސިޑެންޓް ހިނގީ އިތާފުށި 3 އަދި އިތާފުށި 5 ނަމަކަށް ކިޔާ ދެ ލޯންޗު ޖެހިގެންނެވެ. އެކްސިޑެންޓުގައި އަނިޔާލިބުނު ފަސް މީހަކަށް މިހާރު ވެސް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. މިކަމާއި ގުޅިގެން އޭޑީކޭގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ކ. ގުޅީގެ ހުޅަނގުން ހަ މޭލު ބޭރުން ހިނގި މި އެކްސިޑެންޓުގައ އެއް ލޯންޗުގެ ކައްޕި ވަނީ ގެއްލިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަނީ ދ. ކުޑަހުވަދޫ އަހްމަދު މުހައްމަދެވެ. އެމްއެންޑީއެފްގެ ކޯސްޓްގާޑުން ދަނީ މި އެކްސިޑެންޓުގައި ގެއްލުނު ލޯންޗު ކެޕްޓަން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް