ކ. މާލެ
|
19 އޭޕްރިލް 2018 | ބުރާސްފަތި 19:18
ވިއްސާރަ ދުވަހެއްގައި މާލޭ މަގުމަތި
ވިއްސާރަ ދުވަހެއްގައި މާލޭ މަގުމަތި
މުހައްމަދު ޝަރުހާން
ރާއްޖެ މޫސުން
ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ، ވައިޓް އެލާޓް ކެންސަލްކޮށް ޔެލޯ އެލާޓް ނެރެފި
މި ވަގުތު ޔެލޯ އެލާޓް ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށް

ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ, މޯލްޑިވްސް މީޓިއޮލޮޖިކަލް ސާރވިސް (މެޓް އޮފީސް) އިން ބުނީ ލ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅުގެ ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް މިހާރު ވަނީ ޔެލޯ އެލާޓް ނެރެފައެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން އިން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްރަށަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރާއްޖޭގެ ބައެއް ރަށްތަކަށް، ގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރި ނަމަވެސް، ކަނޑު ގަދަ ނުވާނެ ކަމަށް މެޓް އޮފީހުން ބުންޏެއެވެ. އާންމުކޮށް ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ފާހަގަކުރިއެވެ.

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރާގެ ސަބަބުން، ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި، ބައެއް ރަށްރަށުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެން ވަދެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ބުދަ ދުވަހު ވެހުނު ވިއްސާރައިގެ ސަބަބުން ހައްދުންމަތީ ގަމު، ތުނޑީ އަވަށުގައި ފެން ބޮޑުވެ، ބައެއް ގެތަކަށް ފެންވަނުމާއި ގުޅިގެން، ފެން ހިއްކުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ސެންޓްރަލް އޭރިއާގެ ސިފައިން ހަރަކާތްތެރިވެފައިވެއެވެ. އަދި އަންގާރަ ދުވަހު ކުރި ވިއްސާރައިގައި ތ. ތިމަރަފުށީގައި ވެސް ފެންބޮޑުވެ ގެއްލުންތަކެއް ލިބިފައިވެއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް