ކ. މާލެ
|
19 އޭޕްރިލް 2018 | ބުރާސްފަތި 13:31
އުރީދޫގެ ސީއީއޯ ނަޖީބް ހާން
އުރީދޫގެ ސީއީއޯ ނަޖީބް ހާން
އުރީދޫ
އުރީދޫ
އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް އިއުލާނު ކޮށްފި
ހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، 21 އެޕްރީލް 2018 ވާ ހޮނިހިރު ދުވަސް ނިމުމުގެ ކުރިން އާންމުކުރާނެ

އުރީދޫ މޯލްޑިވްސްގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނޭ ފަރާތްތައް އެ ކުންފުނިން އިއުލާނު ކޮށްފިއެވެ.

އޫރީދޫ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުރީދޫ މޯލްޑިވްސް އިން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި، އުރީދޫ މޯލްޑިވްސްގެ ޙިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޭޕްރިލް 26 ވަނަ ދުވަހުގެ ރޭގަނޑު 8:00 ޖެހުމާއި ހަމައަށް ހުޅުވާލާފައިވާ ކަމަށާއި ޖަލްސާގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަނި ކަމަށެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގެ ރޫލްސްގެ ސެކްޝަން 3.2 އާ ގުޅިގެން އާންމުކުރި ބަޔާނުގައި އުރީދޫން ބުނީ ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް، އަމިއްލަފުޅަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ވެސް އަހަރީ އާންމު ޖަލަސާއަށް ހާޒިރުވެވަޑައިގެން ބައިވެރިވެވޭނޭ ކަމަށެވެ.

އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، 21 އެޕްރީލް 2018 ވާ ހޮނިހިރު ދުވަސް ނިމުމުގެ ކުރިން އާންމުކުރާނެ ކަމަށާއި ޖަލްސާގެ ނޯޓިސް އަދި އެޖެންޑާއާއެކު، އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީޚާއި، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މައުލޫމާތުތައް ވެސް ހިއްސާދާރުންނަށް އާންމު ކުރެވޭނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް