ކ. މާލެ
|
19 އޭޕްރިލް 2018 | ބުރާސްފަތި 13:07
ދިއްދޫ ކައުންސިލްގެ ބައެއް މެންބަރުން
ދިއްދޫ ކައުންސިލްގެ ބައެއް މެންބަރުން
އާމިނަތު ނުޒުހާ
ދިއްދޫ ކައުންސިލް ސަސްޕެންޝަން
ދިއްދޫ ކައުންސިލް ސަސްޕެންޝަނަށް ފަހު އެނބުރި އޮފީހަށް!
ދިއްދޫ ކައުންސިލަށް އެރަށުގެ އަންހެނުންގެ ރޫހުން ކީ ހޫނު މަރުހަބާއެއް

އެކެއް ފެބުރުއަރީގެ އަމުރު ތަންފީޒުކުރުމަށް ސަރުކާރަށް ގޮވާލާ ނެރުނު ބަޔާނާއި ގުޅިގެން އެއްމަސް ދުވަހަށް ސަސްޕެންޑް ކުރި ހއ. ދިއްދޫ ކައުންސިލް އެނބުރި އޮފީހުގެ މަސައްކަތަށް ނުކުމެއްޖެއެވެ.

ދިއްދޫ ކައުންސިލަށް ނިސްބަތްވާ އެމްޑީޕީގެ ފަސް ކައުންސިލަރުންގެ ތެރެއިން ސަސްޕެންޑްކުރީ ކައުންސިލުން ފާސްކުރި ގަރާރަށް ވޯޓްދީ އޭގައި ސޮއިކުރެއްވި ހަތަރު ބޭފުޅުންނެވެ.

އެއްމަސްދުވަހަށްފަހު އެނބުރި ކައުންސިލް އިދާރާއަށް ވަޑައިގަތުމުން އެރަށުގެ އެމްޑީޕީ އަންހެނުންގެ ރޫހުން ކައުންސިލްގެ މެންބަރުންނަށް ވަނީ މަލުގެ ގުލްދަސްތާއިން ހޫނު މަރުހަބާއެއް ކިޔާފައެވެ.

 

ދިއްދޫ ކައުންސިލަށް މަރުހަބާ ކިއުމަށް އެރަށުގެ އަންހެން ކަނބަލުން ތައްޔާރުގައި

ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ދީދީ ވިދާޅުވީ، ތަކުރާރުކޮށް ސަސްޕެންޑްކުރިއަސް އެބޭފުޅުން އިސްލާހަށް ކުރައްވާ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނޭކަމަށެވެ. އަދި ރަށުގެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދިއްދޫ ކައުންސިލް އަބަދުވެސް ތަފާތު ދައްކާނޭކަމަށް އޭނާ ވިދާޅުވިއެވެ.

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް