ކ. މާލެ
|
19 އޭޕްރިލް 2018 | ބުރާސްފަތި 11:31
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނު
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނު
މުހައްމަދު ޝަރުހާން
ފާރިސް މައުމޫން
ފާރިސް ޖަލަށްލީ ރައީސް ޔާމީނާއި އެމަނިކުފާނުގެ އައުވާނުންނަށް ވުރެ މަގުބޫލް ވުމުން: އެމްޑީޕީ
ފާރިސްގެ މައްސަލައަކީ ޖިނާއީ އަދުލުގެ ނިޒާމް ބޭނުންކޮށްގެން ނުވާނެ ގޮތުގެ ލާމަސީލް މިސާލެއް
ފާރިސް ފުރަތަމަ މަސައްކަތް ކުރެއްވީ ސަރުކާރާއި ޕާޓީގެ ތެރޭގައި ހުންނަވައިގެން ކޮރޮޕްޝަނާއި ފަސާދައާއި ދެކޮޅަށް

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނު ޖަލަށްލީ ރައީސް ޔާމީނާއި އެމަނިކުފާނުގެ އައުވާނުންނަށް ވުރެ މަގުބޫލް ވުމުންކަމަށް އެމްޑިޕީން ބުނެފިއެވެ.

މިދިޔަ އަހަރު ޖުލައި މަހު ފާރިސް ހައްޔަރު ކުރިތާ ނުވަ މަސް ފުރުމާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދިއްގަރު ދާއިރާގެ މެންބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ހައްޔަރު ކޮށްގެން ގެންގުޅޭ މައްސަލައަކީ ޖިނާއީ އަދުލުގެ ނިޒާމް ބޭނުންކޮށްގެން ނުވާނެ ގޮތުގެ މިސާލެއް ކަމަށާއި އެއީ ސްކޫލުތަކުގައި ކިޔަވާދޭން ޖެހޭ ފެންވަރުގެ ބޭއިންސާފު މައްސަލައެއް ކަމަށެވެ.

1 ފެބްރުއަރީގެ އަމުރުގައި ފާރިސްގެ މައްސަލާގައި ކަންކަން ދަނީ ސިޔާސީ ނުފޫޒު އޮވެގެން ކަމަށް ކަނޑައަޅާފައިވާ އިރު ޝަރީއަތުގައި ދައުލަތުގެ ސިއްރު ހެކި ދެއްކި ވާހަކަތަކުން ވެސް އެ އަމުރަށް ބާރު ލިބި އެ މައްސަލަ ދައުލަތުން ބިނާ ކުރި އަސާސް ވެސް ގެއްލިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން ފާރިސްގެ މައްސަލައަކީ ޖިނާއީ އަދުލުގެ ނިޒާމް ބޭނުންކޮށްގެން ނުވާނެ ގޮތުގެ ލާމަސީލް މިސާލެއް ކަމަށާއި ސަރުކާރާއި ސިޔާސީ ވިސްނުން ޖިނާއީ އަދުލުގެ ނިޒާމަށް ނުވަންނަންވީ ކީއްވެގެންކަން ދޭހަކޮށްދިނުމަށް ސްކޫލުތަކުގައި ކިޔަވައިދޭން ޖެހޭ ފެންވަރުގެ ބޭއިންސާފު މިސާލެއް ކަމަށް އިދިކޮޅު ޕާޓީތަކުން ބުންޏެވެ.

"ސުޕްރީމް ކޯޓުގެ ފަހުގެ އަމުރު ތަކުގައި، އެމައްސަލަތަކަށް ސިޔާސީ ނުފޫޛު ވަދެފައިނުވާކަމަށް ބުނެ، އެނުކުތާ ނަފީ ކުރައްވާފައިނުވާތީ، މިހާރުގެ ސުޕްރީމް ކޯޓުގެ ވިސްނުންފުޅަކީ ވެސް ހަމަ އެއީކަން އެނގެއެވެ. އެކަން އިތުރަށް ކަށަވަރުވަނީ 18 ޖުލައި 2017 ގައި ހައްޔަރުކޮށް ހިންގި ޝަރީޢަތުގައި، ދައުލަތުގެ “ސިއްރު” ހެއްކެއްކަމަށް ބުނެ ހުށަހެޅި ހެކި މީހާ، 12 މާރިޗު 2018 ދުވަހު ކުރިމިނަލް ކޯޓުގައި އޮތް ޝަރީޢަތުގެ މަޖިލީހުގައި، މާތްﷲ ގަންދެއްވައި، ހުވައި ކޮށް، ހެކިބަސް ދިންއިރު، އަޙްމަދު ފާރިސް މައުމޫން، ނުވަތަ އޭނާގެ ފަރާތުން ވިޔަސް އެއްވެސް މީހަކު އެހެކި މީހާއަށް އެއްވެސް ރިޝްވަތެއް އެއްވެސް އިރަކު ދީފައި ނުވާކަމަށްބުނެ ހެކިބަސް ދީފައިވާތީއެވެ. ސުޕްރީމް ކޯޓުގެ 1 ފެބްރުވަރީ 2018 ގެ ޙުކުމާ، އަޞްލު ޙަޤީޤަތާ ދިމާވީއެވެ. މިޙާލަތުގައި އެމައްސަލަ ދައުލަތުން ބިނާ ކުރެއްވި އަސާސް ގެއްލުނީއެވެ. މުޅި މައްސަލައަކީ ހަދައިގެން އުޅޭ މައްސަލައެއްކަން މުޅި ދުނިޔެއަށް ޔަޤީންވެ ކަށަވަރުވީ" މި ބަޔާނުގައިވެއެވެ.

ފާރިސް ފުރަތަމަ މަސައްކަތް ކުރެއްވީ ސަރުކާރާއި ޕާޓީގެ ތެރޭގައި ހުންނަވައިގެން ކޮރޮޕްޝަނާއި ފަސާދައާއި ގާނޫނާ ހިލާފު އަމަލުތައް އަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރެއްވުމަށް ކަމަށެވެ. އަދި އެމަނިކުފާނު ހައްޔަރު ކުރަން ޖެހިވަޑައިގަތީ ވެސް ސަރުކާރުގެ ތެރެއިން ކޮރޮޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތަކަށް ޕްރެޝަރުތައް ކުރިމަތިވުމުން ކަމަށާއި ރައީސް އަބްދުﷲ ޔާމީންއަށް ވުރެ ރައީސް މައުމޫން އާއި ފާރިސްއަށް އޮންނަ މަގުބޫލުކަން ބޮޑުވުމުން ކަމަށް އެމްޑީޕީންބުންޏެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް