ކ. މާލެ
|
19 އޭޕްރިލް 2018 | ބުރާސްފަތި 09:05
އިސްލާމީ މަރުކަޒު
އިސްލާމީ މަރުކަޒު
ގޫގުލް
ރޯދަމަސް
ޙިފްޒްކޮށް ތަރާވީސް ކުރާ ހާފިޒުންގެ އުސޫލު އާއްމުކޮށްފި
ރާއްޖެއިން ބޭރުން ބިދޭސީ ހާފިޒުން ގެނެވޭނީ މިނިސްޓްރީގެ ހުއްދައަކުން

މިއަހަރުގެ ރަމަޟާން މަހު ކުރެވޭ ތަރާވީހު ނަމާދުގައި، އިމާމުކަން ކުރުމަށް ބޭރުގެ ފަރާތްތައް ރާއްޖެ ގެނައުމާއި ގުޅޭ އުސޫލު ކަމަށްވާ "ޙިފްޡުކޮށް އިމާމުވެ ތަރާވީހު ކުރުމަށް ބިދޭސީ ހާފިޡުން ދިވެހިރާއްޖެއަށް ގެނައުމާއިބެހޭ އުސޫލު" އާއްމުކޮށްފި އެވެ.

މި އުސޫލުގައި ބުނެފައިވަނީ ރާއްޖެއިން ބޭރުން ބިދޭސީ ހާފިޒުން ގެނެވޭނީ އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅައި މިނިސްޓްރީން ހުއްދަ ދިނުމުން ކަމަށެވެ.

އަދި ލޯކަލް ކައުންސިލްތަކާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ކުންފުނި ތަކާއި، ޕާޓްނަޝިޕް ތަކާއި، ކޯޕަރޭޓިވް ސޮސައިޓީތަކަށް ރާއްޖެއިން ބޭރުން ހާފިޒުން ގެނައުމަށް ހުއްދަދޭނީ ހިފުޡުކޮށް އިމާމުވެ ތަރާސްވީސް ކުރާ މިސްކިތްތަކާއި އެރަށެއްގެ އާބާދީއަށް ބެލުމަށްފަހު ކަމަށް ވެސް މި އުސޫލުގައި ބުނެފައި ވެއެވެ.

ހިފްޡުކޮށް އިމާމުވެ ތަރާވީހު ކުރުމަށް ބިދޭސީ ހާފިޒުން ރާއްޖެއަށް ގެނައުމާ ބެހޭ އުސޫލެއް އާންމުކޮށްފައިވާއިރު ހުސްވި އަހަރު ރާއްޖޭގެ ގިނަ މިސްކިތްތަކުގައި ތަރާވީސް ނަމާދު ކޮށްފައި ވަނީ ދިވެހި ހާފިޒުންނެވެ.

ހިޖްރީ ގޮތުން ބަލާއިރު މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ މެއި މަހު 16 ވަނަ ދުވަހެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް