ކ. މާލެ
|
19 އޭޕްރިލް 2018 | ބުރާސްފަތި 09:03
ބޯކޮށް ވާރޭވެހުމާއި ގުޅިގެން ބުދަ ދުވަހު ލ. ގަމު ތުނޑީ އަވަށުގައި ފެންބޮޑުވެ، އެ އަވަށުގެ ގެއަކަށް ފެން ވަދެފައި
ބޯކޮށް ވާރޭވެހުމާއި ގުޅިގެން ބުދަ ދުވަހު ލ. ގަމު ތުނޑީ އަވަށުގައި ފެންބޮޑުވެ، އެ އަވަށުގެ ގެއަކަށް ފެން ވަދެފައި
އެމްއެންޑީއެފް
ރާއްޖޭގެ މޫސުން
މޫސުން ގޯސްވެ، މުޅި ރާއްޖެ އަށް ވައިޓް އެލަރޓް ނެރެފި!
ވައިޓް އެލަރޓް ނެރެފައިވަނީ ބުރާސްފަތި ދުވަހު ހެނދުނު 6 ޖެހުމާއި ހަމައަށް

ދިވެހިރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން، މުޅި ރާއްޖެ އަށް ވައިޓް އެލަރޓް ނެރެފި އެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާ އިން މުޅި ރާއްޖެ އަށް ވައިޓް އެލަރޓް ނެރެފައިވަނީ ބުދަ ދުވަހުގެރޭ 00:00 އިން ފެށިގެން، ބުރާސްފަތި ދުވަހުގެ ހެނދުނު 06:00 ގެ ނިޔަލަށެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން އިން ބުނީ، ބުރަ ދުވަހުގެރޭ 08:00 އިން ބުރާސްފަތި ދުވަހުގެރޭ 08:00 ގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރައިން ލަފާކުރެއެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރު މިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.

ބުރާސްފަތި ދުވަހުގެރޭ 08:00 ގެ ނިޔަލަށް ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދެއެވެ.

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރާގެ ސަބަބުން، ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި، ބައެއް ރަށްރަށުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެން ވަދެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ބުދަ ދުވަހު ވެހުނު ވިއްސާރައިގެ ސަބަބުން ހައްދުންމަތީ ގަމު، ތުނޑީ އަވަށުގައި ފެން ބޮޑުވެ، ބައެއް ގެތަކަށް ފެންވަނުމާއި ގުޅިގެން، ފެން ހިއްކުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސެންޓްރަލް އޭރިއާގެ ސިފައިން ހަރަކާތްތެރިވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް