ކ. މާލެ
|
18 އޭޕްރިލް 2018 | ބުދަ 16:54
ރާއްޖޭގެ މަސްވެރިކަން ރަނގަޅުވި ނަމަވެސް މަސް ކިރުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައި
ރާއްޖޭގެ މަސްވެރިކަން ރަނގަޅުވި ނަމަވެސް މަސް ކިރުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައި
ރާއްޖެ އެމްވީ
މަސްވެރިންގެ ޝަކުވާތައް
މަސްވެރިންނަށް މަކަރާއިި ހީލަތް ހެދުން ހުއްޓާލާ: އެމްޑީޕީ
 
ފަރެސް މާތޮޑާ އައިސް ޕްލާންޓް ހަލާކުވެފައި ހުންނަތާ އެތަށް ދުވަހެއް
 
މަސްވެރިކަމުގެ މުޅި ސިނާއަތަށް ސަރުކާރުން އަތްގަދަކުރުން ހުއްޓާލުމަށް އެ ޕާޓީން ވަނީ ގޮވާލާފައި

މަސްވެރިންނަށް މަކަރާއިިހީލަތް ހެދުން ހުއްޓާލައި ކުރިމަތި ކުރުވާފައިވާ ހުރަސްތައް ނައްތާލުމަށް ކަމާބެހޭ ފަރާތްތަކަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑިޕީ) އިން  ގޮވާލައިފިއެވެ.

އެމްޑީޕީން ބުދަ ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖޭގެ މަސްވެރިންނަކީ އަހަރުގެ ގިނަ ދުވަސްތަކުގައި ބުރަކޮށް މަސައްކަތް ކުރުމަށް ފަހު ބަރަކާތްތެރި ރަމަޟާންމަހު އާއިލާއާ އެކު އަޅުކަންކުރުމުގައި ގިނަ ވަގުތު ހޭދަކުރެވޭތޯ ދުރާލާ ތައްޔާރު ވަމުން އަންނަ ބައެެެއް ކަމަށާއި މަސްވެރިކަމުން ހޯދައިފައިވާ ނަފާއަކުން ރޯދަމަހުގެ އެންމެހާ މުހުތާދުތައް ފުއްދަމުން އަންނަ އާއިލާ ތަކެއް ކަމަށެވެ.

އެމްޑީޕީން ބުނީ، ފަރެސް މާތޮޑާގެ އާބާދީއަކީ 1887 ކަމަށްވާއިރު އެއާބާދީގެ 360 މީހުންނަކީ އެރަށުގައި މަސްވެރިކަންކުރާ 12 ދޯނީގައި މަހަށް ނުކުންނަ މަސްވެރިންނެވެ. އަދި މަސްވެރިކަމުން ލިބޭ ނަފާއަކުން އެންމެހާ މުހުތާދުތަށް ފުއްދަމުންދާ މަސްވެރިކަމަށް ބަރޯސާވެފައިވާ އާއިލާތަކެކެވެ.

ފަރެސްމާތޮޑާ ރައްޔިތުން އެރަށުގައި 10 ޓަނުގެ އައިސް ޕްލާންޓެއް ހިންގަމުންދަނިކޮށް ސަރުކާރު މެދުވެރިވެގެން ރައްޔިތުންނަށް އެ އަށް ވުރެ ރަނގަޅު ގޮތް ހައްދަވައި ދެއްވާނެކަމުގެ އަނދުން އަޅުވައިގެން އައިސްޕްލާންޓް މިފްކޯއާ ހަވާލުކޮށް 25 ޓަނުގެ އިތުރު ޕްލާންޓެއް މިފްކޯ އިން ބެހެއްޓުމަށް ފަހު އައިސް ވިއްކަމުން ގޮސް، ޕްލާންޓް ހަލާކުވުމުން މަރާމާތުކޮށްގެން ވަރަށް އަވަހަށް ހުޅުވާނެ ކަމަށް ބުނެ އެތައް ދުވަހެއް ވަންދެން ހިދުމަތް ނުދީ ބަންދުކޮށްފައި ބެހެއްޓުމަށް ފަހު އަލުން ހުޅުވައި، ހަފްތާއެއްހާ ދުވަހު އައިސް ދޫކުރުމަށް ފަހު އަނެއްކާ ވެސް ބަންދުކޮށްފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

ފަރެސް މާތޮޑާގެ އައިސް ޕްލާންޓް ހަލާކުވެފައި ހުންނަތާ އެތަށް ދުވަހެއް ވެފައިވާއިރު، ސަރުކާރުން މިހާރު ބުނަމުން ދަނީ އަންނަ މޭމަހު 15 ގައި މުލަ ރޯދަދުވަހު އެތަން ހުޅުވާނެ ކަމަށެވެ.

އެމްޑީޕީން ބުނީ، ރޯދަމަހަކީ އަޅުކަމުގެ ހާއްސަ މައްސަރަކަށް ވުމާއި ގިނަ މަސްވެރިން މަހަށް ނުގޮސް ރަށުގައި ތިބޭ ވަގުތު އައިސް ދޫކުރާނެ ކަމަށް ބުނުމަކީ އިތުރު ވަގުތު ހޯދުމުގެ ގޮތުން އޮޅުވާލި އޮޅުވާލުމެއް ކަމަށެވެ.

"ފަރެސްމާތޮޑާ ރައްޔިތުން އައިސް ހޯދަން ގދ ތިނަދޫއަށް ނުވަތަ ގައްދޫ، ފިޔޯރީ އަށް ގޮސް އައިސް އަޅައި، އަތޮޅުން އެންދަމައިގެން އައްޑޫ، ފުވައްމުލަކު ހިމެނޭ ސަރަހައްދުން މަސްބާނައިގެން ކޫއްޑޫ އަށް މަސްކިރުވަން ޖެހޭއިރު އައިސް ޕްލާންޓުން ހިދުމަތް ނުލިބި ތެލާއި ވަގުތު ހޭދަކޮށް އިތުރު ތަކުލީފުތައް އުފުލަންޖެއްސުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ" އެމްޑީޕީން ބުނެއެވެ.

ގާނޫނު އަސާސީގައި ދައުލަތް ހިންގަން ވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ބަޔާން ކޮށްފައިވީ ނަމަވެސް ރަށު ރައްޔިތުން އިންތިހާބު ކޮއްފައިވާ ކައުންސިލްތަކަށް މަސްވެރިކަމުގެ ވިޔަފާރި ލާމަރުކަޒީ އުސޫލުން ހިންގުމާ ކައުންސިލްތަކަށް ވިޔަފާރި ތަރަށްގީ ކުރުމަށް ގާނޫނު އަސާސީން ލިބިދީފައިވާ ފުރުސަތު ހަނިކޮށް މަސްވެރިކަމުގެ މުޅި ސިނާއަތަށް ސަރުކާރުން އަތްގަދަކުރުމައް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އެ ޕާޓީން ސަރުކާރަށް ގޮވާލައެވެ.

މީގެ އިތުރުން މަސްވެރިންނަށް ކުރިން ލިބެމުން ދިޔަ ތެލުގެ ސަބްސިޑީސް ނުދީ ތެޔޮ އަގު ބޮޑުކޮށް، ބެެޔަސް ނުބެޔަސް ކޮންމެ މަސްވެރިޔަކަށް -/10000ރ. ދޭނެ ކަމުގެ ވައުދާ އެކު އައި ސަރުކާރުގެ ދައުރު ނިމިގެންދާ އިރުވެސް އެވައުދު ފުއްދުމުގެ އެއްވެސް އިހުލާސްތެރި ނިޔަތެއް ނުފެންނަކަން ވަނީ ފާހަގަކޮށްފައެވެ. މަސްވެރިންނަށް އޮޅުވާލައި މަސްވެރިން ބިކަ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ވަގުތުން ވަގުތަށް ހުއްޓާލައި، ފަރެސްމާތޮޑާގެ އައިސް ޕްލާންޓުގެ ޚިދުމަތް ވަގުތުން ވަގުތަށް ފެށުމަށާޢި މަސްވެރިންނަށް އެމީހުން ކުރާ މަސައްކަތުގެ ހަމަ އަގު ހޯދައި ދިނުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
100%
0%
0%
ކޮމެންޓް
18 އޭޕްރިލް 2018 | ބުދަ 19:32
FISHING!
STOP OVER FISHING!