ކ. މާލެ
|
18 އޭޕްރިލް 2018 | ބުދަ 15:27
ރާއްޖޭގެ މޫސުން ފެންނަ ގޮތް ދައްކުވައިދޭ ސެޓްލައިޓް ފޮޓޯއެއް
ރާއްޖޭގެ މޫސުން ފެންނަ ގޮތް ދައްކުވައިދޭ ސެޓްލައިޓް ފޮޓޯއެއް
މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސަސް
ރާއްޖޭގެ މޫސުން
ރާއްޖޭގެ މޫސުން ގޯސް: ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި
 
ވައި އެހާ ގަދައެއް ނޫން، އެކަމަކު ވިލާގަނޑުގައި ގަދަވުން އެކަށީގެންވޭ
 
އެލާޓް ނެރެފައި ވަނީ މެންދުރުފަހު 14:00 އިން ފެށިގެން މިރޭ 19:00 އަށް
 
އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅުގެ ރަށްތަކަށް

ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ފަލާ ކުރެވޭތީ މޫސުމާ ބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮލޮޖިކަލް ސާރވިސް (މެޓް އޮފީސް) އިން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ބުނީ ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭތީ ބުދަ ދުވަހުގެ 14:00 އިން ފެށިގެން މިރޭ 19:00 އާ ހަމައަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ. އަދި އެލާޓް ނެރެފައިވަނީ ހއ. އަތޮޅާއި ގދ. އަތޮޅާ ދެމެދުގެ ރަށްތަކަށް ކަމަށެވެ.

 

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ.

މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 07 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި އަދި މެދުތެރެ އާއި އުތުރުގެ އަތޮޅުތަކަށް، ހުޅަނގުއުތުރުން ގަޑިއަކު 05 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. 

ކަލަންޑަރު ބުނާ ގޮތުން މިހާރު ކުރިއަށް މިދަނީ ހުޅަނގުގެ ފުރަތަމަ ނަކަތް ކަމަށް އައްސިދަ ނަކަތުގެ 11 ވަނަ ދުވަހެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް