ކ. މާލެ
|
18 އޭޕްރިލް 2018 | ބުދަ 13:20
އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް
އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް
ރާއްޖެއެމްވީ
އައްޑޫ ސިޓީ ކައުންސިލް
ސަސްޕެންޝަނަށް ފަހު، އައްޑޫ ސިޓީ ކައުންސިލުން ވަރުގަދަ އިންޒާރެއް!
 
ހުރިހާ ކައުންސިލް ތަކުން ވެސް ހައްގު ބަސް ބުނަންވީ ލާމަރުކަޒީ ނިޒާމާގް ދިފާއުގަ
 
ރައީސް ޔާމީންގެ ސަރުކާރުން ލާމަރުކަޒީ ނިޒާމް ވަނީ ފުނޑާލާފަ
 
ސަސްޕެންޑްކޮށްފާނެ ކަމުގެ ބިރުގައި ހައްގު ބަސް ނުބުނެ ނުތިބޭނަން

އެއް މަސް ދުވަހުގެ ދިގު ސަސްޕެންޝަނަކަށް ފަހު އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުން ބުދަ ދުވަހު ރަސްމީކޮށް ކައުންސިލްގެ މަސައްކަތަށް ނުކުމެ ސަރުކާރަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.

ސްޕްރީމް ކޯޓްގެ އަމުރެއް ތަންފީޒު ކުރުމަށް ގޮވާލުމުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ(އެލްޖީއޭ) އިން ސަސްޕެންޑް ކުރީ، އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިޤް (ސޯބެ) އާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް ގެ އިތުރުން ކައުންސިލަރު ޖަމްޝީދާ މުހައްމަދާއި، ފޭދޫ ދާއިރާގެ ކައުންސިލަރ އަލީ ފަހުމީއެވެ.

ސަސްޕެންޝަނަށް ފަހު އޮފީހަށް ނުކުމެވަޑައިގަތުމަށް ފަހު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް ވިދާޅުވީ އެކައުންސިލްގެ މެމްބަރުން ސަސްޕެނޑް ކުރީ ގާނޫނާއި ގަވައިދުތަކާއި ހިލާފަށް ކަމަށާއި، ރައްޔިތުންގެ ހައްގުގައި ހައްގު ބަސް ބުނުމުގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ. ސަސްޕެންޑް ކުރިއަސް އެލްޖީއޭ އިން ގަރާރު ނެރުނު ކަމުގައި ވިއަސް މާދަމާ ވެސް ކައުންސިލުން ހައްގުބަސް ބުނާނެ ކަމަށާއި، އެކައުންސިލް ސަސްޕެންޑް ކުރުމަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ލާމަރުކަޒީ ނިޒާމް ފުނޑާލުމަށް ކުރާ މަސައްކަތަށް އިތުރުކޮށްލި އާ ބޮޅެއް ކަމަށް ސޯދިގް ވިދާޅުވިއެވެ.

ސޯދިގް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލުން ތަކުން ވެސް، އެކައުންސިލުން ތަކުން ދެކޭ ގޮތް ހާމަކުރެވެންޖެހޭނެ ކަމަށެވެ. އަދި ސަސްޕެންޑް ކޮށްފާނެ ކަމުގެ ބިރުގައި ހައްގު ބަސް ބުނަން ފަސް ނުޖެހުމަށް އައްޑޫ ސިޓީގެ މޭޔަރު ސޯބެ ކައުންސިލް ތަކަށް ގޮވާލިއެވެ.

އެލްޖީއޭ އިން ބުނެފައިވާ ގޮތުގައި ކައުންސިލަރުން ސަސްޕެންޑު ކޮށްފައިވަނީ ލާމަރުކަޒީ ގާނޫނުގެ ބޭރުން ކައުންސިލަށް ލިބިފައިވާ އިޚްތިޔާރާއި ބާރުގެ ބޭރުން ނޫސް ބަޔާނެއް ނެރުމުގެ ސަބަބުންނެވެ.

ކައުންސިލަރުން ސަސްޕެންޑް ކުރި މައްސަލަ ބާތިލުކޮށްދިނުމަށް އެދި ހައިކޯޓަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް ވަނީ ހުށައަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
20%
0%
20%
0%
60%
ކޮމެންޓް