ކ. މާލެ
|
18 އޭޕްރިލް 2018 | ބުދަ 13:17
ވިއްސާރާގެ ސަބަބުން ތިމަރަފުށީގައި ފެންބޮޑުވެފަ
ވިއްސާރާގެ ސަބަބުން ތިމަރަފުށީގައި ފެންބޮޑުވެފަ
ރާއްޖެ އެމްވީ
ތިމަރަފުށި
ވިއްސާރާގައި ތިމަރަފުށީ 13 ގެއެއްގެ މީހުން ބަދަލުކުރަންޖެހުނު
 
ފުލުހުންނާއި އެއާޕޯޓް އަދި އެމްޓީސީސީގެ މުވައްޒިފުންގެ އެހީތެރިކަން ފެން ހިއްކުމަށް ދަނީ ލިބެމުން
 
ފެން ހިއްކަނީ އެސްކަވޭޓަރު ބޭނުންކޮށްގެން ކޯރު ކޮނުމަށް ފަހު
 
13 ގެއެއްގެ ހިފާގެންގުޅޭ ގިނަ އެއްޗެހި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ތ އަތޮޅު ތިމަރަފުށީ ފެންބޮޑުވުމުގެ ސަބަބުން 13 ގެއެއްގެ މީހުން ވަގުތީ ގޮތުން އެހެން ގެތަކަށް ބަދަލުކުރަން ޖެހުނު ކަމަށް ތިމަރަފުށީ ކައުންސިލުން ބުނެފިއެވެ.

ތިމަރަފުށީ ކައުންސިލްގެ ރައީސް އިސްމާއިލް އިބްރާހިމް ވިދާޅުވީ އަންގާރަ ދުވަހު ތިމަރަފުއްޓަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް ގެތަކުގެ އެތެރެއަށް ފެންވަދެ ހިފާގެންގުޅޭ ގިނަ އެއްޗެހި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. ބައެއް ގެތަކުގައި ބެޑްރޫމް ސެޓް ހަލާކުވެ، ވިއްސާރައިގައި އެކި ވަރުގެ ގެއްލުން ވުމުން 13 ގެއެއްގައި ދިރިއުޅޭ މީހުން ވަގުތީ ގޮތުން އެހެން ގެތެކަށް ބަދަލުކޮށްފައިވާ ކަމަށް އިސްމާއިލް އިބްރާހިމް ވިދާޅުވިއެވެ.

 

ވިއްސާރާގެ ސަބަބުން ތިމަރަފުށީގައި ފެންބޮޑުވެފަ

ވިއްސާރާގައި ތިމަރަފުށީ ގެތަކަށް ލިބުނު ގެއްލުމުގެ ތަފްސީލް ކައުންސިލުން ބަލާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ. އެހެންނަވެސް މި ވަގުތު ވެސް އެރަށުގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި ބޯކޮށް ވާރޭ ވެހިއްޖެނަމަ، ފެންބޮޑުވެ ގޭގޭގައި ހިފާގެން ގުޅޭ އެއްޗެހި ހަލާކުވުމުގެ ފުރުޝަތު އެބަ އޮތް ކަމަށް ތިމަރަފުށީ ކައުންސިލްގެ ރައީސް އިސްމާއިލް ވިދާޅުވިއެވެ.

ރަށު ތެރޭގައި ބޮޑުވެފައިވާ ފެންގަޑު ހިއްކާފައި ވަނީ އެސްކަވޭޓަރު ބޭނުން ކޮށްގެން ކޯރު ކޮނުމަށް ފަހު، މޫދަށް ފެންގަނޑު ބޭރުކޮށްގެންނެވެ. ފެން ހިއްކުމަށް ތިމަރަފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންގެ އެހީތެރިކަމާއި އެރަށު އެއާޕޯޓްގެ މުވައްޒިފުންގެ އިތުރުން އެމްޓީސީސީގެ އެހީތެރިކަން ލިބެމުން އަންނަކަން އެކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
50%
0%
50%
ކޮމެންޓް