ކ. މާލެ
|
18 އޭޕްރިލް 2018 | ބުދަ 13:27
ޝެއިހު އަލީ ޒައިދު
ޝެއިހު އަލީ ޒައިދު
ޓްވިޓަރ
އަދުލްއިންސާފު ގާއިމް ކުރުން
އަދުލަށް ހުކުމް ނުކުރެވޭ ގާޒީން އިސްތިއުފާ ދެއްވުން، އެމީހުންގެ އާހިރަތައްޓަކައި ހެޔޮކަން ބޮޑު: ޝެއިހު ޒައިދު
 
ކޯޓުތަކަށް ސަރުކަރުގެ ނުފޫޒު އިންތިހާއަށް ފޯރުވަމުންދާ ކަމަށް ރައްޔިތުން ބުނަމުންދޭ
 
ޝަރުއީ ކޯޓުތަކުގެ ނިންމުންތަކާމެދު ރައްޔިތުން ޝައްކު އުފައްދާ
 
ޝެއިހު ޒައިދަކީ އިޖުތިމާއީ އަދި ސިޔާސީ ބައެއް ކަންކަމުގައިވެސް ފަހަކަށް އައިސް ފާޑު ވިދާޅުވަމުން ގެންދަވާ ބޭފުޅެއް

އަދުލަށް ހުކުމް ނުކުރެވޭ ގާޒީން މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ގެއަށް ވަޑައިގަތުން ތިމާގެ އާހިރަތައްޓަކައި ހޮޔެކަން ބޮޑު ކަމަށް ޝެއިހު އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

ޝެއިހު ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަދުލްވެރިކަމާއެކު ހުކުމް ކުރުމީ ގާޒީއެއްގެ އެންމެ ބޮޑު ޒިންމާ ކަމަށެވެ. އެކަން ނުކުރެވޭނަމަ އިސްތިއުފާ ދެއްވާފަ ގެއަށް ވަޑައިގަތުން ތިމާގެ އާހިރަތައްޓަކައި ހެޔޮކަން ބޮޑު ކަމެއް ކަމަށެވެ. 

 

ޝެއިހް ޒައިދު އެގޮތަށް ވިދާޅުވެފައިވާއިރު، ރާއްޖޭގައި އަދުލްއިންސާފު ނެތް ކަމަށާއި ޝަރުއީ ކޯޓުތަކުންނާއި ދައުލަތުގެ މުއައްސަސާތަކުން ވެސް އިންސާފާ ހަމަހަމަކަން ނުގެންގުޅޭކަން ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ.

ޝެއިހު ޒައިދަކީ އިޖުތިމާއީ އަދި ސިޔާސީ ބައެއް ކަންކަމުގައި ވެސް ފަހަކަށް އައިސް ފާޑު ވިދާޅުވަމުން ގެންދަވާ ޝެއިހެކެވެ. 

ރާއްޖޭގެ އަދުލްއިންސާފު ގާއިމު ކުރުމުގެ ބާރެއް ގާނޫނުއަސާސީގައި ކަނޑައެޅި ޝަރުއީ ކޯޓުތަކެއް ގާއިމުކޮށްފައި ވީނަމަވެސް އަދުލްއިންސާފު ގާއިމުވާތަން ނުފެންނަ ކަމަށް ސިޔާސީ ހުރިހާ ބޭފުޅުން ވެސް ގަބޫލު ކުރައްވަ އެވެ. އެގޮތުން މިހާރު އަމަލު ކުރަމުންދާ އާ ގާނޫނުއަސާސީ އަށް 2008 ވަނަ އަހަރު އަމަލު ކުރަން ފެށިފަހުން ބޭއްވި ދެ ރިޔާސީ އިންތިހާބުގައި ވެސް، ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި ރިޔާސީ ކެންޑިޑޭޓުން އިސްލާހު ކުރައްވާނެ ކަމަށް އަދި ރަނގަޅު ކުރައްވާނެ ކަމަށް ވިދާޅުވި އެންމެ މުހިއްމު އެއް ވައުދަކީ ވެސް އަދުލްއިންސާފުގެ ދާއިރާ އެވެ. 

ރާއްޖޭގެ ކޯޓުތަކުގައި ފަނޑިޔާރުކަން ކުރައްވާ ފަނޑިޔާރުންނާމެދު ތަފާތު ބޮޑެތި ތުހުމަތުތައް ކުރެވެމުންދާއިރު، އެއިރެއްގެ ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް ޝަރުއީ ކޯޓުތަކަށާއި ފަނޑިޔާރުންނަށް ފޯރުވަމުންދާކަން ސިޔާސީ ބޭފުޅުންގެ އިތުރުން ބައިނަލް އަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން ވެސް ދަނީ ބުނަމުން ނެވެ. 

މިވަގުތު ވެސް ރާއްޖޭގެ އަދުލްއިންސާފު ގާއިމު ކުރުމުގެ ބާރު ކަމަށްވާ ޝަރުއީ ކޯޓުތަކުގެ ބައެއް ފަނޑިޔާރުންނާމެދު ތަފާތު ތުހުމަތުތައް ދަނީ ކުރެވެމުން ނެވެ. އެގޮތުން ފަހުބަސް ބުނާ އަދި ރާއްޖޭގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި އެކޯޓުގެ އެހެން ފަނޑިޔާރަކު ހައްޔަރުކޮށް ޖަލަށްލާފައިވާއިރު، އެ ދެ ބޭފުޅުންގެ މައްޗަށް ދައުލަތުން ގިނަ ތުހުމަތުތަކެއް ދަނީ ކުރަމުން ނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
100%
ކޮމެންޓް