ކ. މާލެ
|
18 އޭޕްރިލް 2018 | ބުދަ 13:15
އެސްއޯގެ ކުރީގެ ކޮމާންޑަރު ޑީޑީ
އެސްއޯގެ ކުރީގެ ކޮމާންޑަރު ޑީޑީ
ޓްވިޓަރ
އެސްއޯ ފުލުހުން
އެސްއޯގެ ކުރީގެ ކޮމާންޑަރު ޑީޑީ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފި
 
އޭނާ ވަކިކުރަން ނިންމީ ޑިސިޕްލިނަރީ ބޯޑުން

ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ)ގެ ކުރީގެ ކޮމާންޑާ، އަބްދުﷲ އިބްރާހިމް (ޑީޑީ) ފުލުހުންގެ ވަޒީފާއިން ވަކިކޮށްފި އެވެ.

ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ބަލަމުން ގެންދިޔަ މައްސަލައަކާ ގުޅިގެން ޑީޑީ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައި ވަނީ އިއްޔެ އެވެ.

އޭނާ މަގާމުން ވަކިކުރި ސަބަބާ ގުޅޭ ގޮތުން ފުލުހުން ކޮމެންޓެއް ނުކުރެއެވެ.

ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން، އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަންތަކަށް ބަދަލު ކުރި ފުލުހުންގެ ތެރޭގައި ޑީޑީ ހިމެނެއެވެ. ގއ. ގެމަނަފުށީ ޕޮލިސް ސްޓޭޝަނަށް އޭނާ ބަދަލު ކުރުމަށް ފަހު، ފުލުހުންގެ އެންގުމަށް މިދިޔަ މަހުގެ ހަ ވަނަ ދުވަހު އޭނާ މާލެ ގެނެސް، ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައިވެއެވެ.

ފެބްރުއަރީ އެކެއްގެ އަމުރާ ގުޅިގެން، ވޭތުވެދިޔަ ތިން މަހުގެ ތެރޭގައި ފުލުހުންގެ އިދާރީ ހިންގުމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުން އަރީފު ވަކިކޮށް، އެކި ޑިޕާޓްމަންޓުތަކުގެ ކޮމާންޑަރުން ވަނީ ބަދަލުކޮށްފަ އެވެ. އަދި އެސްއޯ އަށް ފުލުހަކު ހައްޔަރުކޮށް، ވަޒީފާއިން ވަކިކޮށްފައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް