ކ. މާލެ
|
18 އޭޕްރިލް 2018 | ބުދަ 13:25
ހެލްޕް ބަރިއްޔާގެ ނަމުގައި ބާއްވާ ފުޓްސެލް މުބާރާތުގެ ޕޯސްޓަރ
ހެލްޕް ބަރިއްޔާގެ ނަމުގައި ބާއްވާ ފުޓްސެލް މުބާރާތުގެ ޕޯސްޓަރ
ފޭސްބުކް
ލ.ގަން
ކިޑްނީ ބަލީގެ ޝިކާރަކަށް ވެފައިވާ ބަރިއްޔާ އެހީވުމަށް ފުޓްސެލް މުބާރާތެއް ބާއްވަނީ
 
ޗެމްޕިއަން ޓީމަށް ލިބޭ ފައިސާގެ 25 ޕަސެންޓް އަދި ރަނރައަޕް ޓީމަށް ލިބޭ ފައިސާގެ 10 ޕަސެންޓް ހަދިޔާކުރަން ވަނީ ނިންމާފަ
 
މުބާރާތުގައި ބައިވެރިވާ ފީ ހަދިޔާ ކުރަން ނިންމާފައި ވަނީ ބަރިއްޔާއަށް

ކިޑްނީ ބަލީގެ ޝިކާރަކަށް ވެފައިވާ ބަރިއްޔާ އަށް އެހީވުމަށް ގޯޅި ސްޕޯޓްސް ކުލަބުން އިސްނަގައިގެން "ހެލްޕް ބަރިއްޔާ" ފުޓްސެލް މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

ގޯޅި ސްޕޯޓްސް ކުލަބުން އިސްނަގައިގެން ލ.ގަން އިރުމަތީގޭ ފާތިމަތު ބަރިއްޔާއަށް އެހީވުމަށް ބާއްވާ "ހެލްޕް ބަރިއްޔާ 3 އޮން 3 ޗެރިޓީ ޗެލެންޖް" ފުޓް ސެލް މުބާރާތް ބާއްވަން ނިންމާފައި ވަނީ އަންނަ މެއި މަހުގެ ހަތަރު ވަނަ ދުވަހުގައެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ލ.ގަން އަދި ލ. ފޮނަދޫ މެޓް ދަނޑުގައެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން މެއި މަހުގެ ތިން ވަނަ ދުވަހުގެ 16:00 ގެ ކުރިން ފޯމް ހުށައަޅަންޖެހެއެވެ.

ގޯޅި ސްޕޯޓްސް އިން ބުނީ މުބާރާތުގައި ބައިވެރިވުމުގެ ފީ އަކީ 500 ރުފިޔާ ކަމަށާއި މުބާރާތުގައި ބައިވެރިވުމުގެ ފީ އެއްކޮށް ހަދިޔާ ކުރަން ނިންމާފައި ވަނީ ބަރިއްޔާއަށް ކަމަށެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 އަދި ރަނަރ އަޕް ޓީމަށް 5000 ދިނުމަށް ހަމަޖެހިފައިވާއިރު، ޗެމްޕިއަން ޓީމަށް ލިބޭ ފައިސާގެ 25 ޕަސެންޓް އަދި ރަނރައަޕް ޓީމަށް ލިބޭ ފައިސާގެ 10 ޕަސެންޓް ބަރިއްޔާ އަށް ހަދިޔާ ކުރުމަކީ މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ޝަރުތަކެވެ.

ދެ ކީޑްނީ ފެއިލްވެފައިވާ އުމުރުން 31 އަހަރުގެ ލ.ގަމަށް އުފަން ފާތިމަތު ބަރިއްޔާ އަށް އެހީވުމަށް ރަށު ފެންވަރުގައި ދަނީ ތަފާތު ހަރަކާތަށް ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދަމުންވެ. ނިމިގެން ދިޔަ ހަފްތާގެ ތެރޭގައި ގަމު ޒުވާނުން ވަނި ބަރިއްޔާ އަށް އެހީވުމަށް ދޮރުން ދޮރަށް ހިނގާ 90 ހާހަށް ވުރުގެ ގިނަ ރުފިޔާ އެއްކޮށް ބަރިއްޔާއަށް ހަދިޔާކޮށްފައެވެ.

ބަރިއްޔާ އާއި އޭނާގެ ފިރިމީހާ މަސައްކަތް ކުރަނީ ޓްރާންސްޕްލާންޓް ޓެސްޓު ހަދާނެ ފައިސާ ހޯދުމަށެވެ. ކިޑްނީ އޮޕަރޭޝަން އާސަންދައިން ކުރި ނަމަވެސް، ހަދިޔާ ކުރާ ކިޑްނީއަކީ ބަރިއްޔާއާ ގުޅޭތޯ ޓެސްޓު ކުރުމަށް އެހާމެ ގިނަ ފައިސާ ހަރަދުވާނެއެވެ. ހާއްސަކޮށް އޮޕަރޭޝަން ކުރުމަށް މަދުވެގެން ހަ މަސް ދުވަހު ރާއްޖެއިން ބޭރުގައި ހުންނަން ޖެހޭނެއެވެ. ކެއުމާއި ހުރުން ފަދަ ހުރިހާ ހަރަދެއް ކުރަން ޖެހެނީ އަމިއްލަ ޖީބުންނެވެ. ބަރިއްޔާއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން 7605545 ގުޅުމަށް އާއިލާއިން އެދެއެވެ.
 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް