ކ. މާލެ
|
18 އޭޕްރިލް 2018 | ބުދަ 11:30
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ގާއިމު ކުރާ ފިއުލް ފާމްގެ ކުރެހުމެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ގާއިމު ކުރާ ފިއުލް ފާމްގެ ކުރެހުމެއް
އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް
45 މިލިއަން ލީޓަރުގެ ޖެޓް ފިއުލް ރައްކާކުރެވޭ ފާމެއް އެއާރޕޯޓްގައި ގާއިމުކުރަނީ
 
ފަސް ލައްކަ ލީޓަރުގެ ޕެޓްރޯލް ރައްކާ ކުރެވޭނެ
 
އެއް މިލިއަން ލީޓަރުގެ ޑީސަލް ރައްކާކުރެވޭނެ
 
45 މިލިއަން ލީޓަރުގެ ޖެޓް ފިއުލް ރައްކާކުރެވޭނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި 45 މިލިއަން ލީޓަރުގެ ޖެޓް ފިއުލް ރައްކާކުރެވޭ ފިއުލް ފާމެއް ގާއިމުކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފަށައިފިއެވެ. 

އެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުން އަންނަ އެއާޕޯޓްސް ކޮމްޕެނީން ހާމަކުރި ގޮތުގައި މިހާރު ހިންގަމުންދާ ތަރައްގީގެ މަޝްރުއުގެ ދަށުން އެ އެއާޕޯޓުގައި ފިއުލް ފާމެއް ގާއިމު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި ޖެޓް ފިއުލް ރައްކާކުރެވޭ ތިން ޓޭންކުގެ ވަށަމިނުގައި 37 މީޓަރު ހުންނާނެ ކަމަށްވެސް އެމްއޭސީއެލް އިން ބުނެއެވެ.

އެމްއޭސީއެލްއިން ބުނީ އެ ޓޭންކްތަކުގައި 45 މިލިއަން ލީޓަރުގެ ޖެޓް ފިއުލް ރައްކާކުރެވޭއިރު، އެއް މިލިއަން ލީޓަރުގެ ޑީސަލް އަދި ފަސް ލައްކަ ލީޑަރުގެ ޕެޓްރޯލް ރައްކާ ކުރެވޭނެ ދެ ޓޭންކް ވެސް ގާއިމު ކުރެވޭނެ ކަމަށެވެ. އެއީ މިހާރު އެއާޕޯޓުގައި ހުރި ކެޕޭސިޓީއަށް ވުރެ 3 ގުނަ އިތުރު އަދަދެއް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

 

ވީއައިއޭ ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާއިރު މިމަހުގެ 15 ވަނަ ދުވަހު ވަނީ، ފިނިކޮށްގެން ބަހައްޓަންޖެހޭ ކާގޯ ރައްކާކުރާ ތަނުގެ ޖާގަ އިތުރުކޮށް ހުޅުވާފައެވެ. އެގޮތުން އެ ސްޓޯރޭޖްގައި 266 ޓަނުގެ ކާބޯތަކެތި ރައްކާކުރެވޭނެ ޖާގަ ވަނީ އިތުރުކޮށްފަ އެވެ.


މީގެއިތުރުން ވެސް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އާ ކާގޯ ޓާމިނަލެއް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެތަނުގައި އެއް ފަހަރާ 120،000 މެޓްރިކް ޓަނުގެ ކާގޯ ރައްކާ ކުރެވޭނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގަމުންދާއިރު، އާ ރަންވޭގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އެއާރޕޯޓްގެ ތަރައްގީގެ މަޝްރޫއަކީ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއުއެއް ކަމަށް ސަރުކާރުން ބުނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް
18 އޭޕްރިލް 2018 | ބުދަ 08:25
ބަރުމާއިންތަ އެތެރެކުރަނީ؟
ބަރުމާއިންތަ އެތެރެކުރަނީ؟