ކ. މާލެ
|
18 އޭޕްރިލް 2018 | ބުދަ 11:28
އިލެކްޝަން ކޮމިޝަންގެ މެމްބަރުން ފުލުހުންނާއި ބައްދަލުކުރަނީ
އިލެކްޝަން ކޮމިޝަންގެ މެމްބަރުން ފުލުހުންނާއި ބައްދަލުކުރަނީ
އިލެކްޝަންސް ކޮމިޝަން
ރިޔާސީ އިންތިހާބު
ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަމާއި މަޝްވަރާކޮށްފި
 
ބައްދަލުވުމުގައި އޭސީޕީ ހަމްދޫން ރަޝީދުގެ ބައިވެރިވަޑައިގެންނެވި
 
މީހުން ގިނަވެ ތޮއްޖެހުމުން ދިމާވެދާނެ ކަންކަމާއި މެދު ވަނީ މަޝްވްރާ ކޮށްފަ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަމާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަނުން ފުލުހުންނާއި ބައްދަލުކޮށް މަޝްވަރާ ކޮށްފިއެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ބުދަ ދުވަހު އިލެކްޝަން ކޮމިޝަންގައެވެ. އިލެކްޝަންގެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްގެ އިތުރުން ކޮމިޝަންގެ އެހެން މެމްބަރުން ވެސް ބައިވެރިވަޑައިގެންނެވި މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައި ވަނީ ރިޔާސީ އިންތިހާބްގެ ވޯޓްލުން ކުރިއަށްދާއިރު މީހުން ގިނަވެގެން ދިމާވެދާނެ ކަންކަމާއި ގުޅޭގޮތުންނެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އިލެކްޝަން ކޮމިޝަންގެ މެމްބަރު އަކްރަމް ވިދާޅުވީ ވޯޓްލާ މަރުކަޒުގައި މީހުންގެ އަދަދު ގިނަ ވެއްޖެނަމަ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިލެކްޝަން ކޮމިޝަނާއި ފުލުހުންނާއި ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް އަކްރަމް ވިދާޅުވިއެވެ.

 

އިލެކްޝަން ކޮމިޝަންގެ މެމްބަރުން ފުލުހުންނާއި ބައްދަލުކުރަނީ

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ) ހަމްދޫން ރަޝީދުގެ ބައިވެރިވަޑައިގެންނެވި މި ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ވަނީ، އިންތިހާބަށް އިލެކްޝަން ކޮމިޝަނުން ރައްޔިތުން ހޭލުންތެރިކުރާއިރު ސަލާމަތީ ކަންކަން ހިމެނުމަށް އެދިވަޑައިގަންނަވާފައެވެ. ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ރިޔާސީ އިންތިހާބުގެ ސެކިއުރިޓީ ކޮމާންޑަރަކަށް ހަމްދޫން ހަމަޖައްސާފައިވާކަން ފުލުހުންނަށް ވެސް މިހާރު ވަނީ އަންގާފަ އެވެ. ނަމަވެސް ފުލުހުންގެ އެތެރޭގައި ހިނގާ މިފަދަ ބަދަލުތައް މީޑިއާއަށް ހާމަ ކުރަމުން ނުދާތީ އެކަމާ ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް